English Edition
Dhivehi Edition
ސޮލަރެލް ސޭފްޓީ ރޯޑްޝޯގެ އައްޑޫގައި ކުރިއަށް ދިޔަ ހަރަކާތުގެ ތެރެއިން -- ފޮޓޯ / ސޮލަރެލް އިންޝުއަރެންސް

ދިރާގާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ސޮލަރެލް އިންޝުއަރެންސް ގުޅިގެން “ސޮލަރެލް ސޭފްޓީ ރޯޑްޝޯ 2019” ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ހިލޭ ހެލްމެޓް ލިބޭ ޕުރޮމޯޝަނެއް ފަށައިފިއެވެ.

ހުޅުމާލޭގެ މެއިން ބަސްޓޮޕް ކުރިމަތީގައާއި އައްޑޫ ސިޓީ ހިތަދޫގެ ސުވަދީވް ކެފޭ ހުންނަ ސަރަހައްދުގައި އިއްޔެ ފެށި މިހަރަކާތް ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ.

ސޮލަރެލް އިން ފެށި މި ޕްރޮމޯޝަނުގައި ހިލޭ 500 ހެލްމެޓް ބަހާ އިރު، ހެލްމެޓް ހޯދުމުގެ ފުރުސަތު ލިބޭނީ ސޮލަރެލް އިންޝުއަރަންސްގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން، “ދިރާގުޕޭ” މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރަންސް ޕޮލިސީ ނަންގަވާ ފުރަތަމަ 500 ފަރާތަށެވެ.

ސޮލެރަލް އިންޝުއަރެންސް އިން ޖެނެރަލް ހުރިހާ އިންޝުއަރެންސްގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާއިރު މިއަދު މި ފެށި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމާ އެކު، އަމަލީ ގޮތުން އެކަން ކުރުމަށް މަގުފަހި ކޮށްދިނުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަނޫރާ ޕެރޭރާ ވިދާޅުވިއެވެ.

ހެލްމެޓް ބެހުމުގެ ހަރަކާތެއް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ބަޔަކު ހޭލުންތެރި ކުރުމުގެ އިތުރުން ހެލްމެޓް އަޅައިގެން ދުއްވުމުގެ މުހިއްމުކަން އަންގައިދީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާ ތަކުން މީހާގެ ފުރާނައަށާއި ދިރިއުޅުމަށް ލިބޭނެ ގެއްލުމުން ސަލާމަތް ކުރުން ކަމަށް ބަންދު ވަނީ ވިދާޅުވެފައެވެ.

މި ހަރަކާތަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުން ކަމަށާއި އައްޑޫ ސިޓީ އާއި ހުޅުމާލޭގައި މިގިނަ އަދަދެއްގެ ބަޔަކު ގޮސް ހެލްމެޓް ހޯދާފައިވާކަމަށް ސޮލަރެލް އިން ބުނެއެވެ.