English Edition
Dhivehi Edition

އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ އޮފީހުގެ ތިޖޫރީ ފަޅާލައިގެން ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އައްޑޫ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ތިޖޫރީ ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 08:01 ހާއިރުގައި ކަމަށް ފުލުހުން ވިދާޅުވެއެވެ. އެ ތިޖޫރީގައި ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާ ހުރިކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔާރުކޮށްފައި ނުވާއިރު ފުލުހުން ގެންދަނީ މި މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.