English Edition
Dhivehi Edition

އިންޑިޔާގެ ނިއުދިއްލީގައި އެންމެ ގިނަ، މަގުމަތީގެ އެކްސިޑެންޓް ހިނގަނީ މަގުމަތީގައި މޯބައިލް ފޯން ބޭނުންކުރުމުން ކަމަށް އެޤައުމުގައި ހެދި ދިރާސާއަކުން ހާމަވެއްޖެއެވެ. ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި 9000 އަށްވުރެ ގިނަ މީހުން އެކްސިޑެންޓް ވާން މެދުވެރިވާ ސަބަބަކީ މޯބައިލް ފޯނެވެ. މިއީ ދިއްލީގެ މަގުމަތީގައި ދުއްވާ މީހުންގެ ދެބައިކުޅަ އެއްބައި އެވެ. މި ދިރާސާ ހެދީ ސޭވްލައިފް ފައުންޑޭޝަނުންނެވެ.

ރީކޯޑްތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ކޮންމެ ދުވަހަކުވެސް 17,753 އެއްހާ މަގުމަތީގެ ހާދިސާ ދިމާވެއެވެ. މީގެ ތެރެއިން 43 ކޭސް ވަނީ ރަޖިސްޓާވެސް ކޮށްފައެވެ. ދިއްލީގައި ހެދި ސާވޭއަކުން ދައްކާ ގޮތުގައި 47 އިންސައްތަ މީހުން މަގުމަތީގައި ދުއްވާ ގަޑީގައި މޯބައިލް ފޯން ބޭނުންކުރާކަމަށް އެއްބަސްވެއެވެ.

ހިންދުސްތާން ޓައިމްސްގައި ރިޕޯޓަކޮށްފައިވާގޮތުން 3,172 މީހުން މަގުމަތީގައި ދުއްވަމުން ދާއިރު ފޯނު ބޭނުންކުރުމުގެ ސަބަބުން ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ކޮންމެ އަހަރަކު މަރުވެއެވެ. މީގެ އިތުރުން 8,526 މަގުމަތީގެ އެކްސިޑެންޓް ހިންގާ 7,830 މީހުންނަށް މި ހާދިސާ ތަކުގައި އަނިޔާ ލިބެއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި އަދަދު ކަރުދާހުގައި ފެންނަން ހުރިކަމުގައިވިޔަސް ރިޕޯޓް ނުކޮށްވެސް މިކަހަލަ އެތައް ހާދިސާތަކެއް ހިނގައެވެ. ޕިޔުޝް ތެވާރީ, ސޭފް ލައިފް ފައުންޑޭޝަންގެ ފައުންޑާ ބުނީ މަގުމަތީގައި ދުއްވާފައިދާއިރު އެމީހަކަށް ގުޅާ މީހަކު ނޫނީ ސޯޝަލް މީޑިޔާއިން އަންނަ މެސެޖަކަށް ވަގުތުން ޖަވާބުދެވޭތީ މަގުމަތީގައި ހިތާމަވެރި ހާދިސާތައް ދިމާވަނީ އެވެ.

މަގުމައްޗަކީ އެންމެންވެސް ހިންގާބިނގާ އުޅޭތަނަށް ވެފައިވާއިރު މިކަހަލަ ކަންކަމަށް ވިސްނައިގެން މަގުމަތީގައި އުޅުން މުހިއްމެވެ.