English Edition
Dhivehi Edition

ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހަދަން އިމިގްރޭޝަނުން ނިންމައިފިއެވެ. މިގޮތުން އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.މިދިޔަ މަސްތެރޭގައި އިމިގްރޭޝަން އިން ވަނީ އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހަދަން ހުށަހެޅުމުގެ ހިދުމަތް ވެސް ފަށާފައިއެވެ.

މިދިޔަ ބުރާސްފަތިދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތައްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ހަނަފީ ވިދާޅުވީ އީމެއިލުން އެޕްލިކޭޝަން ވެސް ހެއްދޭއިރު އޭގެ ޕޭމަންޓް ވެސް އޮންލައިންކޮށް ދެއްކޭނެ ގޮތް ހަނަޖައްސަވަން މިހަާރު ވާހަކަ ދައްކާފައިވާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ހަނަފީ ވިދާޅުވީ ޕާސްޕޯޓަށް ދައްކަން ޖެހޭ ސްޓޭމްޕް ވެސް ދެން ގަންނަން ދާން ނުޖެހޭނެ ކަމަށެވެ. އޮންލައިންކޮށް ފައިސާ ދައްކާ އިރު، އޭގެ ތެރޭގައި ސްޓޭމްޕަށް ދައްކަން ޖެހޭ ފައިސާ ވެސް ވަނީ ހިމަނައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.