English Edition
Dhivehi Edition

ގަވާއިދާ ޤާނޫނަށް އުޅުމަކީ ކޮންމެ ޤައުމެއްގެ ރައްޔިތުންނަށާއި އެ ޤައުމަކަށް ޒިޔާރަތްކުރާ ބޭރުގެ ފަތުރުވެރިން ނޫނީ ބޭރު މީހުންގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. ބައެއް ފަހަރު މި ގަވާއިދުތައް ހަދާފައި ހުންނަނީ ރައްޔިތުންގެ ރައްކާތެރިކަމަށް ވިސްނައިގެން، ނޫނީ އެހާރެއްގެ ހާލަތާ ގުޅޭގޮތަކުންނެވެ. ނޫނީ އެ ޤައުމެއްގެ ސަރުކާރުން ޤަބޫލުކުރާ ފިކުރީ ކަމަކާ ގުޅިގެންނެވެ.

އުތުރު ކޮރެޔާ
އުތުރު ކޮރެޔާގައި ވަރަށް ގިނަ ގަވާއިދުތައް ހަދާފައި ވާއިރު އެ ގަވާއިދުތަކަކީ އެ ޤައުމުގެ ރައްޔިތުން ބޭނުން ނުވިޔަސް އެއާއި ދެކޮޅަށް ބަސް ނުބުނެވޭ އެ ގަވާއިދުތަކަށް ބޯލަނބަން މަޖުބޫރު ގަވާއިދުތަކެކެވެ. އެގޮތުން އެ ޤައުމުގައި އެއްވެސް މީހަކު ކައިވެނީގެ ކުރިން އެއްވެސް ކަހަަލަ ލޯބީގެ ގުޅުމެއް ބޭއްވުމަކީ ޤާނޫނީ ކުށެކެވެ. އަދި އެކަހަލަ ކުށްތައް ކުރޭތޯ ބެލުމަށްޓަކައި ޚާއްސަ ފުލުހުން ތަކެއްވެސް ތިބެއެވެ. މީގެ އިތުރުން އަންހެނުން އެތެރެއިން އެއްޗެހި ލުން މަނާކުރާ އިރު ފިރިހެނުން ކޮންމެ 15 ދުވަހަކުން ބޯކޮށުން ވެސް މަޖުބޫރެވެ.

އީރާން
އީރާނުގައި އަންހެނުން ގެއިން ބޭރަށް ނިކުންނައިރު ވަކި ހާއްސަ ގޮތަކަށް ހެދުން އަޅަން ޖެހެ އެވެ. ބުރުގާ އަޅާއިގެން ޢައުރަ ނިވާކޮށްގެން ނޫން ގޮތަކަށް މަގުމަށްޗަށް ނުނިކުންނައިރު އެ ޤައުމުގެ ރައްޔިތުން ލަވަ އަޑުއެހުމާއި ދެޖިންސުގެ މީހުން މަސްހުނިވެގެން އުޅުން ވެސް މަނާ ކުރެއެވެ.

ސޫރިޔާ
ސޫރިޔާ ގައި ތަފާތު ގިނަ، ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަން އެ ޤައުމުގައި ހަނގުރާމަ ފެށުމުގެ ކުރިން ހުއްޓެވެ. ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ސަރުކާރުން ވަނީ މުއާސަލާތީ ޚިދުމަތްތައް ވަރަށް ބޮޑަށް ބޭނުންކުރުން އެ ޤައުމުގައި މަނާކޮށްފައެވެ. އެގޮތުން ފޯން ބޭނުންކުރުމާއި ލޭންޑް ލައިލް ބޭނުންކުރުމާއި އިންޓަރނެޓަށް ވަނުން ވެސް މަނާ ކުރެއެވެ.

ކިޔުބާ
ތަފާތު ކުލަތަކުން ޒީނަތްތެރި ކޮށްފައި ހުން އިމާރާތްތައް ގިނަ ކިޔުބާ ގައި އެ ޤައުމުގެ ސަރުކާރާއި ދެކޮޅަށް ވާހަކަދެއްކުމަކީ އެ ޤައުމުގައި ޤާނޫނީ ކުށެކެވެ. އެ ޤައުމުގައި ވަކި ހާއްސަ ބައެއް ސަރުކާރާއި ދެކޮޅަށް ހިޔާލުފާޅުކުރާ މީހުން ހޯދާ ދެނެގަތުމަށް ބައިތިއްބާފައި ތިބެއެވެ.