English Edition
Dhivehi Edition
ކުޑަ ކުއްޖާ ވެއްޓުނު އިމާރާތް ވައަތް ފަރާތުގައި: ފޮޓޯ އޭއޯ ނިއުސް

އައްޑޫ ސިޓީ މަރަދޫ ފޭދޫގެ ގެއެއްގެ ދެވަނަބުރިން ވެއްޓި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މަރަދޫ ފޭދޫ “ގުރުވަ” ނަމަކަށް ކިޔާ ގޭގެ ދެވަނަ ބުރިން ވެއްޓުނީ 8 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މި ކުއްޖާއަށް މިހާރު އައްޑޫ ސީޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދާއިރު ކުއްޖާގެ ހާލު ސީރިއަސް ކަމުން އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.