English Edition
Dhivehi Edition

ކޮކާކޯލާގެ ފަރާތުން ކުރިއަށް ގެންދާ މަތިގަނޑު ޕްރޮމޯޝަންއިން، ޕްރިމިއާ ލީގު މެޗެއް ބަލާލުމަށް ގެންދާ ފުރަތަމަ ނަސީބުވެރި ފަރާތް ރޭ ހޮވައިފިއެވެ. ޕްރިމިއާ ލީގު މެޗެއް ބަލަން ދާނެ ފުރަތަމަ މީހަކަށް ހޮވިފައިވަނީ މަތިގަނޑުގެ ކޯޑު “NRHSKF” ގެ ވެރި ފަރާތެވެ. އަދި އެލްއީޑީ ޓީވީގެ ނަސީބުވެރިޔާގެ މަތިގަނޑު ނަންބަރަކީ “ETQCEF” އެވެ.

ކޮކާކޯލާގެ ފަރާތުން ކުރިއަށް ގެންދާ މަތިގަނޑު ޕްރޮމޯޝަނަކީ 45 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު 43 އިންޗީގެ އެލްއީޑީ ޓީވީއެއްގެ ނަސީބުވެރި ފަރާތެއް ހޮވާ އިރު، ކޮންމެ ހަފްތާއަކު އެއްފަހަރު ޕްރިމިއާ ލީގު މެޗަކަށް ދިޔުމަށް ނަސީބުވެރިޔަކު ހޮވާނެއެވެ. މެޗުތައް ބަލަން ދިޔުމަށް ކޮންމެ މީހަކަށްވެސް ލިބޭނީ “ކަޕުލް”އެއް ގެންދިޔުމުގެ ފުރުސަތެކެވެ.

ކޮކާކޯލާއިން ބުނެފައި ވަނީ މަތިގަނޑުން ހޮވޭ ހަ “ކަޕުލް”އެއް މެޗު ބަލަން ގެންދާނެ ކަމަށާއި، އަދި ވަކި މެޗެއް ސީދާ ނުނިންމާ ކަމަށެވެ. އެހެން ނަމަވެސް ބޮޑަށް ލަފާކުރެވެނީ ނަސީބުވެރިން ބަލަންދާނެ މެޗަކީ ޗެލްސީގެ މެޗެއް ކަމަށެވެ.

ކޮކާ ކޯލާގެ ފަރާތުން ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައިވެސް އެތަކެއް ދިވެހީންނެއް ރަޝިޔާއަށް މެޗު ބެލުމަށް ކޮކާކޯލާއިން ގެން ގޮސްފައެވެ. އޭގެކުރިން ފްރާންސްގައި އޮތް ޔޫރޯއަށްވެސް ކޮކާކޯލާއިން ވަނީ ގިނަ ދިވެހިންތަކެއް ގެންގޮސްފައެވެ.