English Edition
Dhivehi Edition

އިންކަމް ޓެކްސް ތައާރަފްކޮށް، 60،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ މިހުން އަތުން ޓެކްސް ނެގުމަށް ބިލެއް މަޖިލީހަށް ހުށަހަޅަން އެމްޑީޕީ އިން ނިންމައިފި އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް އެމްޑީޕީން ތައްޔާރުކުރި،ފަރުދުންގެ އާމްދަނީ ޓެކްސް” ގެ ޑްރާފްޓުގައިވާ ގޮތުން މަހަކަށް 60،000 އާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ މީހުންގެ އަތުން 3.5 ޕަސަންޓުގެ ރޭޓުގައި ޓެކްސް ނަގާނެ އެވެ.މަހަކު 100،000 އައި 150،000 ދެމެދު އާމްދަނީ އެއް ލިބޭ މީހުންގެ އަތުން 6.5 ޕަސަންޓުގެ ރޭޓުގައި އިންކަމް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ވެސް އެ ބިލްގެ ޑްރާފްޓްގައިވެ އެވެ. އަދި
150،000އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީއެއް ލިބޭ ފަރާތްތައް 10 ޕަސަަންޓުގައި ޓެކްސް ދައްކަން ޖެހޭނެ ކަމަށާއި އެއަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތައް 15 ޕަސަންޓުގައި ޓެކްސް ދައްކަން ޖެހޭނެ ކަމަށްވެސް އެ ބިލްގެ ޑްރާފްޓްގައިވަނީ ބަޔާންކޮށްފައެވެ

އެ ޑްރާފްޓުގައި ބުނެފައިވާ ގޮތުން ޓެކްސް ނަގާނީ ރާއްޖޭގައި ވަޒަންވެރިވެފައިވާ މީހެއް ނުވަތަ ބޭރު މީހެއް ވިޔަސް ރާއްޖޭގައި އުފައްދާ އާމްދަނީ ލިބޭ ކޮންމެ މީހެއްގެ އަތުން ކަމަށާއި ރާއްޖޭގައި ވަޒަންވެރިވެފައިވާ މީހުންގެ ތެރެއިން ބޭރުން އަމްދަނީ ލިބޭ ކޮންމެ މީހެއް ވެސް ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ

އިންކަމް ޓެކްސް ނެގުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ވެސްމެ އެވެ.