19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންކަމް ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މިއަހަރު ފެށުމާއި އެކު ރައްޔިތުންގެ އަތުން އިންކަމް ޓެކްސް ނަގަން ފަށާނެއެވެ. މަޖިލީހުން ފާސްކުރި މި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގައެވެ.
އާއަހަރު ފެށުމާއި އެކު އިންކަމް ޓެކްސް ނަގަން ފަށާއިރު ރޭ ވަނީ އެ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު ގެޒެޓުކޮށްފަ އެވެ.
މިއަދުން ފެށިގެން ނެގޭ މި ޓެކުހާއި ބެހޭ ޤާނޫނު ބުނާ ގޮތުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން މި ޓެކްސް ނަގާނެ އެވެ. އެގޮތުން މަހަކު 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ ފަރާތްތަކުން އެ އަދަދުގެ 5.5 އިންސައްތަ ފައިސާ ޓެކުހުގެ ގޮތުގައި ދައުލަަތައް ދައްކަން ޖެހޭއިރު، 100،000 ރުފިޔާއާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން 8 އިންސައްތަ ދައުލަތަށް ނަގާނެ އެވެ.