English Edition
Dhivehi Edition

ނިމިދިޔަ އަހަރަކީ ބޮލީވުޑްގައި ހޮވާލެވޭ ތަރިންތަކެއް ކައިވެނި ކުރި އަހަރެކެވެ. މިގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރި ވިރަތް ކޯލީ އާއި އަނުޝްކާ ޝަރުމާގެ ކައިވެންޏަކީ އެ ކައިވެންޏެއްގެ ވާހަކަ އެންމެ ފުރަތަމަ މީޑިޔާގައި އަޑުފެތުރުނު ކައިވެންޏެވެ. ދެން އަޑުއިވިގެން ދިޔައީ ރަންވީރް ސިންގް އާއި ދީޕިކާ ޕަދުކޯންގެ ކައިވެންޏެވެ. އަހަރު ނިމެން އުޅެނިކޮށް އަޑުއިވުނީ ޕްރިޔަންކާ ޗޯޕްޅާއާއި ލަވަކިއުންތެރިޔާ ނިކް ޖޯނަސްގެ ފެއަރީޓެއިލް ކައިވެނީގެ ވާހަކައެވެ.

މި އަހަރު ފެށިގެން ދިޔައީވެސް ބޮލީވުޑްގެ ތަރިއެއް ކަމަށްވާ ޕްރަތީކް ބާބަރްގެ ކައިވެނީގެ ވާހަކައިންނެވެ. މިގޮތުން ޕްރަތީކް ކައިވެނިކޮށްފައިވަނީ ސާނިއާ އާއިއެވެ. ޕްރަތީކް އާއި ސާނިއާ ކައިވެނިކުރީ މިމަހުގެ 23 ވީ ބުދަ ދުވަހު އިންޑިޔާގެ ލަކްނައުގައެވެ. 33 އަހަރުގެ ޕްރަތީކް އަކީ ބޮލީވުޑް އެކްޓަރ ރާޖް ބައްބަރުގެ ދަރިއެކެވެ.

މިހާރު މީޑިޔާގައި އަޑުއިވެމުން އަންނަނީ ވަރުން ޑްރައުން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ކައިވެނީގެ ވާހަކައެވެ. ވަރުން އާއި ނަތާޝާ ރައްޓެހިވެގެން އުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާއިރު ކައިވެނި ކުރުން ވާނީ މި ތަރީންގެ ހަޔާތައް އިތުރުވާ ތަފާތު ސަފުހާއަކަށެވެ.

މި ދެތަރީން ކައިވެނިކުރަން ނިންމާފައިވަނީ މިއަހަރުގެ ނުވެމްބަރު މަހުގެ ތެރޭގައިއެވެ. އިންޑިޔާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިޔާގައި ވާގޮތުން މިހާރުއްސުރެ ނަތާޝާ އޭނާގެ އަންނަން އުޅޭ ބޮޑު ދުވަހަށް ތައްޔާރުވާން ފަށައިފިއެވެ. މިގޮތުން ނަތާޝާ ވަނީ އޭނާގެ ބޮޑު “ޝޮޕިންގް” ވެސް މިހާރު ފަޝާފައެވެ