English Edition
Dhivehi Edition

ކ. އެނބޫދޫ ފަޅުގެ މޫދު ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ފަތިހު ހިނގި މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގެ މޫދު ކޮޓަރިއެއްގައެވެ. އެވަގުތު އެ ކޮޓަރީގައި ފަތުރުވެރިން ވެސް ތިބި ކަމަށާއި ނަމަވެސް މީހަކަށް ގެއްލުމެއް ނުވެ ސަލާމަތް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއް ވައެވެ. އެމްއެންޑީއެފްގެ މީޑިއާއިން މައުލޫމާތު ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި ރޯވި އަލިފާން ގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ފަތިހު 4:48 ގައި އެމްއެންޑީއެފްގެ ފަޔާ ޓީމަށް މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފާއި ރިސޯޓުގެ ފަޔާ ޓީމުން ވަނީ އަލިފާން ނިއްވުމަށް މަސައްކަތް ފަށާފައެވެ.