English Edition
Dhivehi Edition

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި، ކަންގަނާ ރަނާވަތުގެ ބޮޑު ބަޖެޓް ފިލްމު “މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ”ލީކްކޮށްލައިފިއެވެ

މި ފިލްމު ސިނަމާތަކުގައި އެޅުވިތާ ދެ ދުވަސް ފަހުން، ފިލްމު ލީކްކޮށްލާފައިވަނީ މީގެ ކުރިން ވެސް އެތައް ފިލްމެއް ލީކްކޮށްލުމުގެ ރިކޯޑެއް އޮތް ޓަމިލް ރޮކާޒް އެވ. ޓަމިލް ރޮކާސް އިން ވަނީ “އުރީ” އާއި އަނޫޕަމް ކޭރްގެ “ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ” ވެސް ރިލީޒް ކުރުމާއެކު ލީކްކޮށްލާފައެވެ.

މަނިކަރްނިކާ ސިނަމާގައި އެޅުވި ފުރަތަމަ ދުވަހު 8.75 ކްރޯޑު ރުޕީސް ލިބުމާއި ގުޅިގެން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފިލްމާ މެދުު ގިނަ އުއްމީދުތަކެއް ކޮށްފައިވާއިރު، ފިލްމު ލީކުކޮށްލުމުންބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައިވެ އެވެ

އިންޑިއާއަށް މިނިވަންކަން ހޯދައިދިނުމަށް ހަނގުރާމަކުރި ހިތްވަރުގަދަ ކެރޭ އަންހެނެއް ކަމަށްވާ ރާނީ ލަކްސްމީބާއީގެ ރޯލުން ކަންގަނާ ފެނިގެންދާ މި ފިލްމުގައި ތަހޭރާއި ޖިއްސްޝޫ އާއި އަތުލް ކުލްކަރްނީ އާއި ސުރޭޝް އޮބްރޯއީ އާއި ވައިބަވް އަދި އަންކިތާ ލޯކަންޑޭ ވެސް ފެނިގެންދެއެވެ.