English Edition
Dhivehi Edition

“މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ” ގެ ޑައިރެކްޓަރު ކްރިޝް އެހެން ޕްރޮޖެކްޓެއްގައި އުޅެން ޖެހި އެ ފިލްމަށް ވަގުތު ދޭން ދަތިވުމުން، ފިލްމުގެ މަންޒަރުތަކެއް އަލުން ޝޫޓްކޮށް، ޑައިރެކްޓަރެއްގެ ޒިންމާ ނެގި ބަތަލާ ކަންގަނާ އަށް ފިލްމުގެ ޑައިރެކްޓަރެއްގެ ކްރެޑިޓް ދޭން ނިންމައިފި އެވެ

އަންނަ އަހަރުގެ ޖެނުއަރީ، 25 ގައި ސިނަމާތަކަށް އަންނަ މި ފިލްމުގެ ޑައިރެކްޓަރުގެ ކްރެޑިޓް ކަންގަނާއަށް ދޭން ނިންމާފައި ވަނީ “މަނިކަރްނިކާ” ގެނެސް ދޭ ޒީ ސްޓޫޑިއޯސްގެ ޕްރޮޑިއުސަރު ކަމަލް ޖެއިން އާއި ކަންގަނާ އަދި ފިލްމުގެ ޓީމް ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށް ފަހުކަމަށް ބޭރުގެ މީޑިއާތަކުންވަނީ ބުނެފައެވެ

ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ ރިލީޒް ކުރި އިރު، މުޅި ފިލްމުގެ ޑައިރެކްޝަނުގެ ކްރެޑިޓް ކްރިޝް އަށް ދިން ނަމަވެސް، ފިލްމު ސިނަމާތަކަށް އަންނަ އިރު، އޭނާއާ އެކު ކަންގަނާ ޑައިރެކްޓަރުގެ ކްރެޑިޓްދޭން ނިންމާފައިވާއިރު މި ފިލްމަށް ކަންގަނާ ކޮށްފައި ވާ މަސައްކަތަށް ގިނަ ބަޔަކުވަނީ ތައުރީފްކޮށްފައެވެ

މި ފިލްމު ޑައިރެކްޓު ކުރަން ކަންގަނާ އާއި ހަވާލުކުރި ހިސާބުން ސޯނޫ ސޫދު ފަދަ ފިލްމުގެ ގިނަ ތަރިންވަނީ ފިލްމުން ވަކިވެފައެވެ

.