English Edition
Dhivehi Edition

‘ގޫގުލް’ އޭ ބުނުމުން އެންމެންނަށް ވެސް އެއީ ކޮންއެއްޗެއްކަން އެނގޭނެއެވެ. އަދި ގިނަ މީހުން ގެ އިންޓަނެޓްގެ ހޯމް ޕޭޖަކަށް ލާފައި ހުންނަނީ ވެސް މިއެވެ. އެހެންކަމުން ގޫގުލް މަތިން ހަނދާން ނައްތާލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި ގިނަ ބަޔަކަށް ގޫގުލް އާއި ނުލާ ނޫޅެވެއެވެ. އެހެންކަމަށްވާނަމަ ގޫގުލް އަށް ތިބާ އާއި ބެހޭ ގޮތުން އެނގެނީ ކިހާ މިންވަރަކަށްތޯ ސުވާލުކޮށްލިން ހެއްޔެވެ.

އެންމެންވެސް ދަންނަ ފަދައިން ގޫގުލް އަކީ އިލްމީ އެއްޗެކެވެ. އެހާމެ ގިނަ މަޢުލޫމާތު ރައްކާކުރާ އަދި އަހަރުމެންނަށް ނޭނގޭ އެތައް ކަމެއް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ބުނެދޭ އެއްޗެކެވެ. މިހާ ވިސްނުންތޫނު އެއްޗަކަށް އަހަރުމެން އިތުބާރު ކުރަނީ ކިހާވަރަކަށް ހެއްޔެވެ. ‘ޑަކްޑަކްގޯ’ ގޫގުލްގައި މިހެން ލިޔެފައި ސާރޗް ކޮށްލުމުން ދެންވާގޮތެއް އެނގޭ ހެއްޔެވެ. އެމީހަކު އެކުރި ސާރޗް އެއް އަބަދާއި އަބަދަށް ގޫގުލް ގައި ސޭވް ކުރެވުނީ އެވެ. އެހެންގޮތަކަށް ދަންނަވަނީ ނަމަ ގޫގުލް ގައި އެއްވެސް އިރެއްގައި އެއްވެސް އެއްޗެއް ސަރޗްކޮށްލައިފި ނަމަ މިދެންނެވި ގޮތަށް ސޭވް ވާނެއެވެ. އެހެންކަމަށްވާނަމަ ވިސްނާލާށެވެ. ތިބާ މިހުރިހާ ދުވަހު ގޫގުލްގައި ސަރޗް ކުރި ހުރިހާ އެއްޗެއް ހުންނާނީ ރައްކާތެރިކަމާއި އެކު ސޭވް ވެފައެވެ.

ގޫގުލްގައި މިގޮތަށް ސޭވް ވާވާހަކަ އެނގުނީމާ ބައެއް މީހުން ބިރުގަނެފާނެއެވެ. އަދި ގޫގުލް ބޭނުން ކުރުން ވެސް ހުއްޓާލަފާނެއެވެ. އެހެންނަމަވެސް މިއީ ހައްލެއް ނުވަތަ މިއީ ސަލާމަތެއްކަމަށް ހީވަނީ ހެއްޔެވެ. ގޫގުލް ބޭނުން ނުކުރިއަސް އެމީހަކު އުޅޭ ނޫޅޭގޮތާއި، އެމީހަކު އިންޓަނެޓްގައި ކުރާ ނުކުރާ ކަމެއް ބެލުމުގެ ގާބިލުކަން ގޫގުލް އަށް ލިބިގެން ވެއެވެ. އިންޓަނެޓްގައި ބޭނުންކުރާ ވެބްސައިޓް ތަކުގެ ތެރެއިން މިލިއަނަކަށް ވުރެ ގިނަ ސައިޓްތަކުގައި ‘ގޫގުލް ޓްރެކާ’ ބޭނުން ކުރެވެއެވެ. އަދި އޭގެ ތެރެއިން ގިނަ ސައިޓްތަކަކީ އާއްމުކޮށް ،މީހުން ބޭނުންކުރާ އަދި މަޝްހޫރު ސައިޓްތަކެވެ. އެހެންކަމުން އަދި ގޫގުލްގެ ހޯމް ޕޭޖަށް ނުވަނެއްކަމަކު ސަލާމަތެއް ނެތެވެ.

ޔޫޓިއުބަކީ ވަރަށް ގިނަ މީހުން ވީޑިއޯތައް ބެލުމަށް ބޭނުންކުރާ އެއްޗެކެވެ. ހަމަ އެއާއި އެކު އެއީ ގޫގުލްގެ އެއްޗެއްކަން މިހާތަނަށް ގިނަ މީހުންނަށް ނޭނގެއެވެ. ޔޫޓިއުބުގެ ބެލެނިވެރި ފަރާތަކީ ގޫގުލް އެވެ. އެހެންކަމުން ޔޫޓިއުބް އިން ބަލާ ކޮންމެ ވީޑިއޯ އެއް ނުވަތަ ސާޗް އެއް ގޫގުލްގައި ސޭވް ކުރެވިފައި ވާނެއެވެ. ހަމަ އެގޮތުން އެންރޮއިޑް އަކީ ވެސް ގޫގުލްގެ މިލްކެކެވެ.

ގޫގުލް ލޮކޭޝަން ސަރވިސްގެ ސަބަބުން އެމީހަކު ދާކޮންމެ ތަނެއް ގޫގުލް އަށް އެނގުމުގެ ގާބިލުކަން އެއަށް ލިބިގެން ވެއެވެ. އެޕްލިކޭޝަންތައް ބޭނުންކުރާ ވަގުތާއި، މިންވަރާއި، އެއިން މުއާސަލާތް ކުރާ މީހުންނާއި، މިފަދަ ހުރިހާ ކަމެއް ގޫގުލް އަށް އެނގެއެވެ. އަދި އެނގޭހެއްޔެވެ. މީސްމީހުންނަށް ފޮނުވާ މެސެޖްތަކާއި ފޮޓޯތައް ވެސް ރައްކާކުރުމާއި ދެނެގަތުމުގެ ގާބިލުކަން ގޫގުލް އަށް ލިބިގެން ވެއެވެ.

ޖީ މެއިލް ބޭނުންކުރާ ނަމަ ހުރިހާ މެއިލް އަކާއި، ގޫގުލް ކަލަންޑަރ ބޭނުންކުރާނަމަ ހުރިހާ ޝެޑިއުލްއެއް ވެސް ގޫގުލް އަށް އެނގޭނެއެވެ. ގޫގުލް އަކީ އަމިއްލަ އުފެއްދުންތަކުގެ އިތުރުން ޕާރޓްނާޝިޕް ވިޔަފާރިތައް ވެސް ގެންގުޅޭ ކުންފުންނެކެވެ. އެގޮތުން ‘ހޭންގްއައުޓް’، ‘މިއުޒިކް’، ‘ޑްރައިވް’ ފަދަ ވަރަށް ގިނަ ވިޔަފާރި ތަކަކީ ގޫގުލްގެ ހިއްސާދާރުންނެވެ.

ގޫގުލް ހޯމް ބޭނުންކުރާނަމަ ކުރާ ކޮންމެ ކޮމާންޑަކާއި، ރިކޯޑިންގ ތައް އަޑުއެހުމުގެ ގާބިލުކަން ވެސް ގޫގުލް އަށް ލިބިގެން ވެއެވެ.

އެހެންކަމުން ގޫގުލްގެ އެކުވެރިންނަށް ދަންނަވާލަން ޖެހެނީ ގޫގުލް އަކީ އާދައިގެ އެއްޗެއް ނޫނެވެ. ގޫގުލް އާއި އެކުވެރިވެވުނު ވަރުން މިހާރު އެއަށް ތިބާ އަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. ގޫގުލް އާއި ނުލާ ނޫޅެވޭ ވަރުވެފަ ތިބި މީހުންނަށް ބުނެލަން އޮތީ ދެން ގޫގުލް އިން ސަލާމަތް ވުމަކީ އުނދަގޫކަމެކެވެ. ގޫގުލް ގެ މަޅީގައި ތިބާ ވަނީ ޖެހިފައެވެ. އަދި ތިބާ އަކީ މިހާރު ގޫގުލްގެ ބެލުންތެރިއެކެވެ.