English Edition
Dhivehi Edition

ދިރާގުގެ ބައެއް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހު ބައެއް ޚިދުމަތްތައް މެދުކަނޑާލާނެ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދިރާގުން ފޯރުކޮށްދެންމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އެ ކުންފުނީގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން 3 ފެބްރުއަރީ 2019 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް އެއްވެސް މެދުކެނޑުމެއްނެތި ޑޭޓާ، އެސްއެމްއެސް އަދި ވޮއިސް ކޯލް ކުރެވޭނެ ކަމަށާއި، އެހެންނަމަވެސް، ބައެއް ޚިދުމަތްތަށް ކަސްޓަމަރުންނަށް ނުލިބޭނެކަމަށް ބުނެފައި ވެއެވެ. އެ ހިދުމަތްތަކުގެ ތެރޭގައި، ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް އެ މުއްދަތުގެ ތެރޭގައި މެދުކެނޑިގެން ދާނެއެވެ. ނަމަވެސް މި މުއްދަތުކުގެ ތެރޭގައި އެއްވެސް ޚިދުމަތެއް ކަނޑާނުލާނެއެވެ. އެހެންކަމުން ފޯނުކުރުމާއި، އެސްއެމްއެސް އަދި ޑޭޓާ ގެ ޚިދުމަތް މެދުކެނޑުމެއްނެތި ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަސް ނިމުމާ ހަމައަށް ބައެއް ޗެނަލްތަކުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެގޮތުން ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތަކާއި ދިރާގު ޕާޓްނާ ފިހާރަތަކާއި އެ ކުންފުނީގެ އޮންލައިން ޚިދުމަތްތަކާއި އެ ކުންފުނީގެ ވެބްސައިޓްގައިވާ މައި އެކައުންޓާއި އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަނާއި މަމެން މޮބައިލް އެޕްލިކޭޝަންގެ އިތުރުން ދިރާގު ޕޭ އަދި ސެފްލް ކެއާ ޗެނަލްސްތަކުގެ ޚިދުމަތް އެ މުއްދަތުގައި ކެނޑޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ރީލޯޑާއި ރީޗާޖް ކުރުމުގެ ޚިދުމަތް ވެސް ހުކުރު ދުވަހު މެދުކެނޑޭނެ އެވެ.

ވަގުތީ ގޮތުން ބައެއް ޚިދުމަތްތައް ކަނޑާލުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ދިރާގުން ނެރުނު ބަޔާނުގައިވެ އެވެ.

ޓެގު