English Edition
Dhivehi Edition

މާލޭގައި މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާތަކެއް ފޭރިގެންފިއެވެ. ފުލުހުން މިއަދު ބުނީ މާލޭގެ ފިހާރައަކަށް ވަދެ އެތަނުގެ ސޭޓަށް ވަޅިން ބިރު ދައްކައި ފައިސާތަކެއް ފޭރިފައިވާ ކަމަށެވެ. އަދި މި ފައިސާ ފޭރުނު މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

މާލެގެ މާފަންނު އަވަށުގެ ބިސްބުރު ކައިރީގައި ހުރި ފިހާރައެއްގައި ހިނގި މިހާދިސާގައި މި ފިހާރަޔަށް މީހަކު ވަދެ ސޭޓަށް ވަޅިން ބިރު ދެއްކުމަށް ފަހު، އެ ތަނުގެ ވަތްގަނޑު ތެރޭގައި ހުރި ފައިސާތަކެއް ފޭރުނީ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރިގަނެފައި ވަނީ ‘ހިޔަލަ’ ކިޔާ ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ އެވެ. އެ ފައިސާގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ މި ފައިސާ ފޭރުނު މީހާ ހައްޔަރުކޮށްފައިވަނީ ފައިސާތަކާ އެކުކަމަށެވެ.