English Edition
Dhivehi Edition

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެންޓަކީގައި އޮންނަ ލުއެވެލް އިންޓަރނޭޝަނަލް އެއާޕޯޓްގެ ނަން “ލުއެވެލް މުހައްމަދު އަލީ އިންޓަރނޭޝަނަލް އެއާޕޯޓް” ގެ ނަމަށް ބަދަލުކުރަން އެ އެއާޕޯޓުން ނިންމައިފިއެވެ.

އެއާޕޯޓުގެ ނަން ބަދަލުކުރަން ނިންމީ ކުރީގެ ކުޅިވަރު މައިދާނުގެ ޝަހުސިޔަތު އަދި އިންސާނީ ހައްގަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށްވާ މުހައްމަދު އަލީގެ ހަނދާނުގައިއެވެ. އިނގިރޭސި ވިލާތުގެ ޤައުމީ ޚަބަރުފަތުރާ ޗެނަލެއް ކަމަށްވާ ބީބީސީއިން ހޮވާ ޤަރުނުގެ ކުޅިވަރުގެ ޝަހުސިޔަތުގެ ލަގަބުވެސް ލިބިފައިވަނީ މުހައްމަދު އަލީއަށެވެ.

މުހައްމަދު އަލީ އަކީ ލުއެވެލްއަށް އުފަންވެ ވަޑައިގަތް ބޭފުޅެކެވެ. އޭނާ އަކީ އިސްލާމް ދީނާއި އެއްކޮޅަށް ވާހަކަ ދައްކަވާ ދުނިޔޭގައި މަޝްހޫރު، އިންސާނީ ހައްގަށް ވާހަކަވެސް ދެއްކި ބޭފުޅެކެވެ.