English Edition
Dhivehi Edition

‘ޕެބުލްސް އިން ވެޓްރަންސް ކަޕް 2019’ ގެ ނަމުގައި ހިތަދޫ ގައި މިހާރު ކުރިއަށް ދާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް މިރޭ ކުޅޭނެއެވެ.

މިރޭ 20:30 ގައި ހިތަދޫ މަނިކު ބޯޅަ ދަނޑުގައި ކުޅޭ މިމުބާރާތުގެ ފައިނަލް މެޗްގައި ބައްދަލު ކުރާނީ ނެކްސަސް ޓީމާއި ފޭދޫ ހަބޭސް ޓީމެވެ. ނެކްސަސް ޓީމް ފައިނަލަށް ގޮސްފައިވަނީ 13 ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނައިގައި އޮވެގެން ނެވެ. އަދި ފޭދޫ ހަބޭސް ޓީމް ގޮސްފައިވަނީ 12 ޕޮއިންޓާއި އެކުގައެވެ.

މުޅިއެކު 6 ޓީމް ބައިވެރިވި މި މުބާރާތަކީ 37 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. ފޯރިގަދަ މެޗްތަކެއް ފެނިގެން ދިޔަ މިމުބާރާތުގެ ފައިނަލް މެޗް ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ 26 ޖެނުއަރީގައެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ތާވަލަށް މިވަނީ ބަދަލު އައިސްފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ޕެބުލްސް އިން އެވެ. އަދި މީޑިޔާ ޕާރޓްނަރ އަކީ އޭއޯ ނިއުސް އެވެ.