English Edition
Dhivehi Edition

ފ. ނިލަންދޫ އިން ފުރައިގެން މާލެ ދިއުމަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި އިން އުމުރުން ދުވަސްވީ އަންހެނަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

އުމުރުން 78 އަހަރުގެ އައިޝަތު އުމަރު މަނިކު އެވެ. އަދި އޭނާ ނިޔާވީ 16:15 ހާއިރުއެވެ.

ނިޔާވި މީހާގެ ހަށިގަނޑު މިހާރު ވަނީ ސީއެމްބިއުލަންސް ގައި ނިލަންދުއަށް ގެންގޮސްފައެވެ.

ނިލަންދޫއިން މައުލޫމާތު ދިން މީހަކު ބުނީ އައިޝަތު މާލެ ދިޔައީ ބަލިވެގެން ނޫންކަމަށާއި ހަމަ މާލެ ޖައްސާލަން ކުރި ދަތުރެއް ކަމަށެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ފުރައިގެން ދިޔައިރު އެއްވެސް ވަރަކަށް އައިޝަތު ބަލި ނޫންކަމަށެވެ. ބޯޓުގައި ހުރި މީހަކު ބުނީ އޭނާ ބޯޓުގައި އުޅުނީ ވެސް ހަމަ އާދައިގެ ގޮތަކަށް ކަމަށާއި އަސުރު ނަމާދުވެސް ބޯޓުގައި ކުރިކަމަށެވެ. އޭނާގެ ހާލު ކުއްލިއަކަށް ގޯސްވި ވަގުތު ބޯޓުގައި ޑޮކްޓަރެއްވެސް ހުރި ކަމަށާއި ޑޮކްޓަރުގެ ލަފާ ދެއްވެވީ އަވަހަށް ސިއްހީ ފަރުވާ ދެވޭ ތަނަކަށް ދިއުމަށް ދިއުމަށް ކަމަށެވެ. ނަމަވެސް ނިލަންދޫއަށް ނުދެވެނީސް އައިޝަތު ނިޔާވީ ކަމަށް އޭނާ ބުންޏެވެ.