English Edition
Dhivehi Edition

މާލޭގެ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މަރުވެފައި އޮތް މީހަކު ފެނުނީ ގަލޮޅުގެ ގެއަކުންކަމަށާއި އެއީ އުމުރުން 36 އަހަރުގެ ފިރިހެނެއްކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައި އޮތްވާ ފެނުނު މީހާ އަކީ ސްޓެލްކޯގައި މަސައްކަތް ކުރާ ޝާހިދު ނަމަކަށް ކިޔާ މީހެކެވެ. އަދި އޭނާގެ ހަށިގަނޑު ފެނިފައިވަނީ މަރުވެފައި އޮންނަތާ 2 ދުވަސް ފަހުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 16:57 ހާއިރުއެވެ.