English Edition
Dhivehi Edition

ރ.މާކުރަތުގެ ސަރަކާރު ބައެއް އިދާރާތައް ރޭ ބަޔަކު ފަޅާލައިފިއެވެ. ރ.މާކުރަތުން ރޭ ބަޔަކު ފަޅާލާފައި ވަނީ މާކުރަތު ކައުންސިލް އިދާރާ އާއި، ހެލްތު ޕޯސްޓާއި ރ.މާކުރަތު މެޖިސްޓްރޭޓް ކޯޓެވެ.

ރ.މާކުރަތުން ކައުންސިލް އިދާރާއިން މަޢުލޫމާތު ދިން ގޮތުގައި މުއައްސަސާތަށް ފަޅާލުމަށްފަހު ވަގައްނެގި ތަކެތި އަދި ދީފައިވާ ގެއްލުމުގެ ތަފުޞީލެއް އަދި ނުލިބެއެވެ. މިމައްސަލަ މިހާރު ޕޮލިހުންނަށް ހުށައަޅާފައި ވާއިރު ގެއްލުންދީފައިވާ އިދާރާތަކަށް އެއްވެސް މީހަކަށް ނުވަދެވޭނެހެން މިހާރު ވަނީ ވަނީ ބަންދުކޮށްފައެވެ.

މާކުރަތުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ތިން އިދާރާވެސް ފަޅާލާފައިވަނީ ރޭގެ ވަގުތެއްގައި ކަމުގައެވެ. އަދި އެކަން އެނގުނީ މިއައަދު ހެނދުނު ކަމުގައެވެ.

ތިން އިދާރާގެވެސް ތިޖޫރީ ވަގަށް ނަގާފައިވާއިރު ކައުންސިލް އިދާރާގެ ތިޖޫރީގައި ގިނަ އަދަދެއްގެ ފައިސާ ހުރިކަމަށް ރަށުތެރޭގައި ވާހަކަ ދެކެވޭ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެއެވެ.