English Edition
Dhivehi Edition

އައްޑޫސިޓީގެ މޭޔަރ ހިމެނޭ ގޮތަށް 6 މީހުންނާއެކު އިއްޔެ ހަވީރު މަހަށް ނިކުތް ލޯންޗެއްގެ ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ލޯންޗުގެ ޚަބަރެއް ވެއްޖެ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް ގެ ކެޕްޓަން ވިދާޅުވީ މި ލޯންޗްގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑް އަށް ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 5:30 ގައި ކަމަށެވެ. އަދި ލޯންޗް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިހާރު ލޯންޗާ ގުޅިފައިވާ ކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ. ގެއްލުނު ލޯންޗް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ހެލިކޮޕްޓަރ އަދިއެމްއެންޑީއެފްގެ ލޯންޗުން ވެސް ވަނީ ކޮށްފައެވެ

އާޒިމް ވިދާޅުވީ ލޯންޗްގެ ޚަބަރެއް ނުލިބި ލަސްވީ ރޭންޖު މައްސަލައެއްގެ ސަބަބުން ކަމަށާއި މިހާރު ލޯންޗާ ގުޅި ވާހަކަ ދެކެވިފައިވާ ކަމަށެވެ. އަދި އިތުރު އެހެން ހާދިސާއެއް ކުރިމަތި ނުވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.