English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫން 6 މީހުންނާއެކު މަހަށް ފުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފްގެ ސަދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އިއްޔެ ހަވީރު 16:30 ގައި މަހަށް ނިކުތް މި ލޯންޗްގައި އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސާދިގު ވެސް ހުންނެވި ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ލޯންޗްގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑް އަށް ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 5:30 ގައި ކަމަށާއި ލޯންޗް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.