English Edition
Dhivehi Edition

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅިގެން އެކީގައި މަސައްކަތްކުރައްވަން އަދިވެސް ބޭނުންވާ ކަމަށް ޖުމުހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ ޖުމްހޫރީ ޕާޓީގެ މައި އިދާރާ މ. ކުނޫޒުގައި ބޭއްވި، އެ ޕާޓީއަށް މެމްބަރުން ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި ގާސިމް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކޯލިޝަންގެ ރައީސާ ގުޅިގެން އެކީގައި މަސައްކަތްކުރައްވަން ބޭނުންވާ ކަމަށއެވެ. މިހެން ގާސިމް ވިދާޅުވީ މިހާރު ކޯލިޝަން ސަރުކާރުގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދިފައި ވަނިކޮށެވެ.

ރޭ ޖޭޕީން ބޭއްވި ރަސްމިޔާތުގައި އޮނަރަބަލް ގާސިމް ވިދާޅުވީ “ދިވެހި ރާއްޖެ” މިހެން ކިޔާ އިތުރު ރާއްޖެއެއް ނޯންނާނެ ކަމަށެވެ. މިހެން ގާސިމް ވިދާޅުވީ ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އިން “އަނެއް ދިވެހި ރާއްޖެ ” އާއި “ޖަޒީރާ ރާއްޖެ” މި ނަންތައް ކެމްޕެއިން ތެރޭގައި ކެމްޕެއިން ސްލޯގަލް ގެ ގޮތުގައި ބޭނުން ކޮށްފައި ވާތީއެވެ.

ގާސިމް ވަނީ މި ނަންތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ގާސިމް ވިދާޅުވީ މީގެ ހާހެއްހާ އަހަރުކުރިން ބުޑިސްޓުން އުޅުނުގޮތައް ރާއްޖެ ބަދަލުކުރަން އުޅެނީތޯ ސުވާލުވެސް ކުރައްވާފައެވެ.
“ބަލަ އަނެއް ދިވެހިރާއްޖެ އެއީ ކޮން ދިވެހި ރާއްޖެއެއްތޯ. މީގެ އެއްހާސް ދެހާސް އަހަރު ކުރީން މިތާ ބުޑިސްޓުން އުޅުނީމާ އެވާހަކަތޯ މި ދައްކަވަނީ. ރީތިކޮށް ބުނެލަންވީ ނޫންތޯ އެއީ އޭ ތިމަންނާމެން މި ދައްކާ ވާހަކައަކީ.” ގާސިމް ވިދާޅުވިއެވެ.