English Edition
Dhivehi Edition

މިފަހަރުގެ ޖީސީ އޯލެވެލް އާއި އޭލެވެލް ނިންމި ކުދީންނަށް ހާއްސަ ކޮށްގެން އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި “ވަން ސްޓޮޕް އެޑްމިޝަން” ގެ ނަމުގައި އެޑްމިޝަން ޑޭއި އެއް ބާއްވަން އެ ކެމްޕަހުން ނިންމައިފިއެވެ. މިގޮތުން ކެމްޕަހުން ބުނީ މި ޙަރަކާތް ބާއްވާނީ އެ ކެމްޕަހުގައި މިމަހުގެ 26 ގައި ކަމަށެވެ. 24 ގަޑިއިރުގެ ތެރޭގައި އެޑްމިޝަން ސިޓީ ނިންމާލެވޭގޮތައް ހިންގާ މި ޙަރަކާތުގެ ތެރެއިން ހިލޭ ސެޓްފިކެޓްތައްވެސް އެޓެސްޓް ކޮށްދޭން ވަނީ ނިންމާފައެވެ.

މުސްތަޤުބަލް ބިނާކުރުމަށް އެހީވެދޭ މި ޚަރަކާތުގެ ތެރެއިން އަލަށް ސްކޫލް ނިންމާ ދަރިވަރުންނަށް ކެރިޔާ ގައިޑެންސްގެ މައުލޫމާތުވެސް ދޭނެކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި މި ޙަރަކާތުގެ ތެރެއިން މި އަހަރުގެ ފެބްރުއަރީގައި ހިތަދޫ ކެމްޕަހުގައި ފަށާ ކޯސްތަކަށް ދަރިވަރުންނަށް ކުރިމަތިލުމުގެ ފަސޭހަ ފުރުސަތުވެސް ހުޅުވިގެންދާނެއެވެ.

އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި ގިނަ ދަރިވަރުންތަކެއް މިހާރުވެސް ތައުލީމް އާދާކުރަމުން ދެއެވެ. މި ކެމްޕަހުގައި ކިޔަވާދޭން ގިނަ އަދަދެއްގެ އައްޑުއަށް ނިސްބަތްބާ ލެކްޗަރާއިން ޙަރަކާތްތެރިވެއެވެ.