English Edition
Dhivehi Edition

މި ކަންތައްތައް ތިމާޔަށް ނޭގި ކުރުމުންވެސް މޫނުގައި ބިހި ނެގުމަށް މެދުވެރިވެދާނެއެވެ. މޫނުގައި ބިހި ނެގުމަކީ ވަރަށް ގިނަ މީހުންނާއި ދިމާވާ ކަމެކެވެ. މޫނުގައި ބިހި ނަގާ މީހުން ކެއުމަށް ބަދަލުތައް ގެނެސް މޫނުގައި ހާކާ އެއްޗިއްސަށް ބަދަލުތައް ގެނެސްހަދާއިރުވެސް ބައެއްފަހަރު މޫނަށް ތަފާތު ބަދަލެއް ނައިސް ހުރެދާނެވެ. ބައެއް ފަހަރު މިކަންތައްތައް ކޮށް އެތައް ހާސް ލާރިއެއް އަތުން ހޭދަވާއިރުވެސް މިކަމަށް ހައްލެއް ނުލިބި ހުރެދާނެއެވެ.

ސިނގިރަޓި ބުއިން
ސިނގިރަޓު ބުއިމަކީ ހަށިގަނޑަށް އެތައް ގޮތަކުން ނުރައްކާތެރި ކަމެއްކަން ނޭގޭ މީހަކު ވަރަށް މަދުވާނެއެވެ. ސިނގިރަޓު ބޯ ކޮންމެ ފަހަރަކު އޭގެ ދުމުގެ ސަބަބުން މޫނަށް ލިބެންޖެހޭ އޮޖްސިޖަން މަދުކޮށްދެއެވެ. މީގެ އިތުރުން ސިނގިރަޓު ބޯ ކޮންމެ ފަހަރަކު ހަށިގަނޑުގައި ހުންނަ “ކޮލަގަން” އާއި “އެލާސްޓިން” ހަލާކުކޮށްލައެވެ.މީގެ ސަބަބުން ހަންގަނޑުގަ ކުރަކިވުން އަވަސްކޮށް މޫނުގައި ހުންނަ “ޕޯރސް” ހުޅުވިފައި ހުންނަ ކުދިކުދި ބާތައް ބޮޑުވެއެވެ. ސިނގިރެޓުގައި ހުންނަ ކާކިނޮޖެންގެ ސަބަބުން ހަންގަނޑު ކަހާ ތެއްކަން ހަންގަނޑުން މަދުކޮށްދެއެވެ. މީގެ ސަބަބުން ހަންގަނޑުގައި ތެޔޮހެދޭ މިންވަރު އިތުރުވެއެވެ.

ނުބައި (ޑިޓަރޖެންޓް)ދިޔާ ސާބޮންޏެއް ބޭނުންކުރެވުން
ބާޒާރުގައި ހުންނަ ގިނަ ދިޔާ ސާބޮންޏަކީ ތަފާތު އެކިއެކި ކެމިކަލްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗިއްސެވެ. މީގެ ސަބަބުން ހެދުން ދޮވެފަ އެ ހެދުން ލުމުންނާއި ނިދާ އެނދުގައި އަޅާފައި އޮންނަ ރަޖާގައި ހުންނަ ކެމިކަލްގެ އެތިއެތިކޮޅުން ހަންގަނޑު ހަަލާކުވުމަށް މަގުފައިވެދާނެއެވެ.

މޫނުގައި އުނގުޅާ ތަފާތު ބޭސްތަކުން މޫނަށް ގެއްލުން ވެދާނެ
ކޮންމެ އެއްޗަކީވެސް މާ ގިނައިން ބޭނުންކޮށްފިނަމަ އެއަކުން ފައިދާނުވެ ގެއްލުން ވެދާނެ އެއްޗެކެވެ. މިގޮތުން މޫނުގައި އުނގުޅުމަށް ބޭނުންކުރާ ބޭސްތަކުގެ ތެރޭގައި ބެންޒޯލް ޕެރޮޖްސައިޑާއި ސަލަފާ އާޅާފައި ހުންނަ ބޭސްތައް މާ ގިނައިން ބޭނުންކުރުމުން ހަންގަނޑަށް ގެއްލުން ވާނެއެވެ. މިގޮތުން މޫނުގައި ނަގާފައި ހުން ބިހިތައް ރަތް ވުމާއި މާހަރުވެ ހަންގަނޑު އަނދާގޮތް ދިމާވެދާނެއެވެ.

މޫނު ދޮންނައިރު މާ ގަދަޔަށް އުނގުޅުން
މޫނުގައި ހުންނަ ހަޑިތަކާއި މަރުވެފައި ހުންނަ ހަންކޮޅުތައް ނައްތާލުމަށް މޫނު ދޮވުމުގެ ތެރޭގައި މާ ގަދަޔަށް މޫނު ދޮވުމުގެ ސަބަބުން މޫނުގެ ހަންގަނޑަށް ގެއްލުން ވެދާނެއެވެ. މޫނުގެ ހަމަކީ ވަރަށް ނާޒުކު ހަމަކަށް ވެފައި ހަންގަނޑު ރަނގަޅުވާން ދުވަސްވެސް ނަގައެވެ.

ކުޅި ކެއުންތައް ކެއުމުންވެސް ބިހި ނަގަން މެދުވެރި ބެދާނެ
ކުޅި ކާނާ ތައްޔާރުކުރާއިރު ބޭނުންކުރާ މިރުހާއި ޓޮމާޓޯގައި ހުންނަ އެސިޑެއް ކަމަށްވާ ލައިކޯޕިން އަކީ ވަރަށް ގިނަ މީހުންނަށް އޭގެ ސަބަބުން އެމީހުންގެ ހަންގަނޑަށް ގެއްލުންވާ އެއްޗެކެވެ. މި އެއްޗަކީ ހަންގަނޑުގެ ޕީއެޗް ވެލިޔު އަށް ބަދަލުތައް ގެނުވާ އެއްޗެކެވެ.