English Edition
Dhivehi Edition

މިހާރު އިންޑިއާގައި ކުރިއަށްދާ އޯޓީއެމް ފެއަރ ގައި އީކުއޭޓަރ ވިލެޖް އިން ބައިވެރިވަމުން އެބަދެއެވެ.

އެގޮތުން މިމަހުގެ 23 އިން 25 އަށް އިންޑިއާގެ މުމްބާއީ ގައި ކުރިއަށް ދާ މިފެއާރ އަކީ ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޙާއްސަކޮށްގެން ބާއްވާ ފެއަރ އެކެވެ. އަދި މި ފެއަރ ގައި ގިނަ ބަޔަކު ބައިވެރިވާއި، މިއީ ވިޔަފާރީގެ ބޮޑެތި މަޝްވަރާތައް ކުރިއަށް ދާ ފެއަރ އެކެވެ.

މިއަހަރުގެ ފެއަރ ބޮމްބޭ އެގްޒިބިޝަން ސެންޓަރ ގައި ކުރިއަށްދާއިރު ހެނދުނު 10:00 އިން ފެށިގެން ހުޅުވިފައި ހުންނާނެއެވެ. އެގޮތުން މިފަހަރުގެ ފެއަރ ގައި 1000 ފަރާތަކުން ބައިވެރިވެފައިވާއިރު 15000 މީހުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވިފައި ވެއެވެ. 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މިފެއަރ ކުރިއަށް ދާއިރު ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާކަމަށް އިންތިޒާމް ކުރާ ފަރާތުން ހާމަ ކޮށްފައި ވެއެވެ.

އީކުއޭޓަރ ވިލެޖްގެ ފަރާތުން މިފެއަރ ގައި ބައިވެރިވަނީ އެ ހޮޓަލްގެ މެނޭޖަރ މުޙައްމަދު ވަހީދެވެ. އޭނާ އަކީ އައްޑޫގައި ޓުއަރިޒަމް ތަރައްޤީ ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ފަރާތެކެވެ.އެގޮތުން އައްޑޫ ގެ ޓުއަރިޒަމް ތަރައްޤީ ކުރުމަށް ހެދިފައިވާ އޭޓީޓީއޭ ގެ ރައީސް އަކީ ވެސް ވަހީދެވެ.