English Edition
Dhivehi Edition

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 28 ގައި ހުޅުވާލަން ނިންމަވާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފިއެވެ. މިއަދު އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، އަންނަ މާޗް މަހު 6 ގައި ބާއްވާ އިންތިޚާބަށް ދެ ދާއިރާ އިތުރުކޮށް، ޖުމްލަ 87 މެމްބަރަކު ހޮވުމުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަ ކަަމަށެވެ.

އީސީގެ މެމްބަރު އަކްރަމް އިތުރަށް ވިދާޅުވީ މަޖިލީސް އިންތިޚާބަށް ވެސް ތަރުތީބުތަކެއް ކަނޑައަޅާފައިވާކަމަށާއި، އަންނަ ހަފުތާގައި އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރިޔަށް އޮތް އިންތިޙާބަށް ޕާޓީތަކުންނާއި އަމިއްލަ ގޮތުންވެސް ގިނަ ބަޔަކުވަނީ ވާދަކުރަން ނިންމާ ކެމްޕެއިންވެސް ފަށާފައެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިޙާބު ވެގެންދާނީ ވަރަށް ވާދަވެރި ތަފާތު އިންތިޙާބަކަށެވެ. މިގޮތުން މި އިންތިޙާބުގައި ކުރީގެ ރައީސުންނާއި ކުރީގެ ސަރުކާރުތަކުގެ ވަޒީރުންގެ އިތުރުން މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުން ވެސް ވާދަކުރައްވައެވެ.