English Edition
Dhivehi Edition

ސްރީލަންކަން އެއަރ ލައިންސް އިން މިހާރު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަމުން އައި ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.

ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ހަމަޖެހިފައި ވަނީ އަންނަ އެޕްރީލް މަހުގެ ފަހަށެވެ. އަދި އެޕްރީލް މަހުގެ ނިޔަލަށް މިހާރު ހަދާފައިވާ ބުކިން ތަކަށް، ދަތުރު އެއާލައިންގެ ފަރާތުން ހަމަޖައްސައިދޭނެކަމަށާއި ނަމަވެސް އެޕްރީލް މަހުން ފެށިގެން އާ ބުކިން ތައް ނުނަގާނެކަމަށް އެއާލައިން އިން މައުލޫމާތު ދިނެވެ.

ލަންކަން އެއާލައިންގެ ރާއްޖޭގެ އޮޕަރޭޓަރ އޭސް އޭވިއޭޝަން ސާވިސެސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު “އޭއޯނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ، އެ އެއާލައިންގެ ދަތުރުތައް މިހާރުވެސް ކުރަމުން ގެންދަނީ ވަރަށްގިނަ ދަތި އުނދަގޫ ތަކަކާއެކު ކަމަށެވެ. އެގޮތުން އިމިގްރޭޝަންގެ ބައެއް މައްސަލަތައް ހިމެނޭކަމަށެވެ.

ފިރާގް އިތުރަށް ވިދާޅުވީ، އެއެއާލައިނުން ގަމަށް ދަތުރުކުރާތާ ދެ އަހަރުވީ އިރުވެސް ދިމާވާ ދަތިތަކަށް ހައްލު ހޯދިފައިނުވާތީ މިވަގުތު އެއާލައިނުން ދަތުރު ހުއްޓާލި ކަމުގައި ވިޔަސް މައްސަލަތައް ހައްލު ވެއްޖެއްޔާ އަލުން ދަތުރު ފަށާނެކަމަށެވެ.

ސްރީލަންކަން އެއާލައިންސް އިން އައްޑޫ އަށް ދަތުރުފެށިތާ ދެއަހަރު ވެފައި ވާއިރު، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށްއެއާލައިންއިން ސްރީ ލަންކާ އަދި ޓްރިވޭންޑްރަމް އަށާއި ކުރަމުންދިޔަ ދަތުރުރަކާއި، އެނޫންވެސް ބައިނަލް އަޤްވާމީ ދަތުރުތަކުގެ ސަބަބުން ވަނީ ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިފައެވެ. އެހެންކަމުން މިދަތުރުތައް މެދުކެނޑިގެން ދިއުމަކީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ނުހަނު ގިނަގުނަ ދަތިތަކެއް ކުރިމަތި ކުރުވާނެ ކަމެކެ