English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ ސަރުކާރުގައި 2016 ވަނަ އަހަރު އެސްޓީއޯގެ ޗެއާމަން ކަމުގެ މަގާމާއި ރައީސް ހާވާލުކުރެއްވި ހުސައިން ސާލިމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.ސަލީމް އެސްޓިއޯގެ ޗެއާމަން ކަމުގެ މަގާމާއި އިސްތިއުފާ ދެއްވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބަށް ކުރިމަތި ލުމަށްކަމަށް ސަލީމް ވިދާޅުވިއެވެ.

މިގޮތުން ސާލިމް ނެރުއްވާފައިވާ ބަޔާނުގައި ބުނެފައިވަނީ، މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނ. ހޮޅުދޫ ދާއިރާގެ ގޮނޑި އަށް ވާދަކުރައްވަން ނިންމަވާފައިވާތީ އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ހުރެގެން މަޖިލީހުގެ ގޮނޑިއަކަށް ކެމްޕެއިން ކުރުމަކީ ސުލޫކީ ގޮތުން އެންމެ ރަނގަޅު ގޮތެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެހެންކަމުން ކުންފުނީގެ ޗެއާމަންގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެންމެ އެކަށީގެންވާ މިންވަރަށް ވަގުތު ދެއްވޭނެ ކަމަށް ގަބޫލު ނުކުރެއްވޭތީ މިއަދުން ފެށިގެން އެސްޓީއޯގެ ބޯޑުގެ ޗެއާމަން ކަމުން އިސްތިއުފާ ދެއްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބު ވެގެންދާނީ ވަރަށް ތަފާތު ޝަޙްސިޔަތުން ފެނިގެންދާ ވަރަށް ވާދަވެރި އިންތިޙާބަކަށެވެ. މި އިންތިޙާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވާދަކުރައްވާނެއެވެ.މިގޮތުން މިހާރު އެމަނިކުފާނު ވަނީ އެމްޑީޕީގެ ޕްރައިމަރީވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޙާބުގައި ރާއްޖޭގެ ފުންނާބުއުސް ޤާނޫނީ ވަކީލުންނާއި ކުރީގެ ސަރުކާރުތަކުގެ މިނިސްޓަރުން ވާދަކުރަށްވާނެއެވެ.

ޓެގު