English Edition
Dhivehi Edition

ވޯލްޑު ބޭންކުގެ ސައުތު އޭޝިއާ ރީޖަންގެ ނައިބު ރައީސް ހާވިގު ސްކެފާ ފުވައްމުލައް ސިޓީ އަށް އިއްޔެ ވަޑައިގެންފިއެވެ. ނައިބު ރައީސް ފުވައްމުލައް ސިޓީ އަށް ވަޑައިގެންނެވީ ވޯލްޑް ބޭންކުން ފުވައްމުލަކުގައި ހިންގަވާފައިވާ ޕްރޮޖެކުޓްތައް ބައްލަވާލެއްވުމަށްޓަކައެވެ.

މިގޮތުން ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް” (ސީކެޕް) އިން ފުވައްމުލަކުގައި ގާއިމް ކޮށްފައިވާ ނޭޗަރ ޕާރކް އަދި ބަންޑާރަ “ކިޅި” ސަރަހަޢްދުގައި ހަދާފައިވާ ބޯލްޑް ވޯލްކްގެ އިތުރުން ކުނިކޮށީގައި ހަދާފައިވާ ކޮމްޕޯސްޓިންގ ބެޑު ބައްލަވާލެއްވި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޟިރާރު ވިދާޅުވީ ވޯލްޑް ބޭންކްގެ ވަފުދާއި އެކު ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އެގޮތުން ފުވައްމުލަކުގެ ކުނިކޮށި ތަރައްޤީ ކުރުމަށް އެބޭފުޅުން އުންމީދު ތަކެއް ދެއްވި ކަމަށެވެ.”

ފުވައްމުލައްސިޓީގެ ގުދުރަތީ ރީތިކަމުގެ ޙަޤީގީ ހިތްފަސޭހަކަމާ ހަޤީގީ ނަފާވެރިކަމާ މަންފާވެރިކަން ރައްޔިތުންނާއި ގާތަށް ގެންގޮސްދިނުމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހިންގަން ފަށާފައިވާ، “ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް” (ސީކެޕް) އަކީ ވަރަށް ފުރިހަމަ ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ ޕްރޮޖެކްޓެކެވެ. އެގޮތުން (ސީކެޕް)ން ވަނީ ފުވައްމުލަކުގެ ދަޑިމަގު ކިޅި އާއި ބަންޑާރަ ކިޅި ސަރަހައްދުގެ ބޭނުން އެންމެ އެދެވޭގޮތަށް ކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.

މި ޕްރޮޖެކްޓު އިފްތިތާހުކޮށްދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުގައި އިގްތިސޯދީ މަންފާ ލިބޭގޮތަށް ފުވައްމުލަކުގެ “ކިޅި” ސަރަހައްދު ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރެވުމަކީ ހިމާޔަތް ކުރުމުގެ ބޭނުން ހާސިލުވާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފުވަމުލަކުގައި ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގައި ހުރި ކުނި މެނޭޖުކޮށް އެންމެ ގެއްލުން ކުޑަ ގޮތަކަށް ގްރީން ހައުސް ގޭސް އެންމެ ކުޑަކޮށް އުފެދޭނެ ގޮތްތަކަށް ކުނި މެނޭޖު ކުރެވޭނެ ކަމަށްވެސް އެއިރު މިނިސްޓަރ ވިދާޅުވިއެވެ. ސީކެޕް އަކީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަށް ކުޑަކުރުމަށް ޔޫރަޕިއަން އަދި އޮސްޓްރޭލިއަން އެއިޑްގެ ހިލޭއެހީގެ ދަށުން އެކުލަވާލައިފައިވާ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑުގެ ދެވަނަފިޔަވަހީގެ މަޝްރުއެއްކަން ފަހަގަނުރަމެވެ.