English Edition
Dhivehi Edition

2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނު ހިންގުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ތަމްރީނުކުރާނެ 70 (ހަތްދިހަ) މީހުން ހޯދުމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފިއެވެ

މި ޓްރެއިނިން ބޭއްވުމަށް ހަމަޖެހިފައިވަނީ މާރޗް 9 އިން 15 އަށް މާލޭގައެވެ. މިކަމަށް ކުރަންޖެހޭ ހުރިހާ ހަރަދެއް އީސީއިން ކުރުމަށް ހަމަޖެހިފައިވާއިރު ޓްރެއިނިންގ ފުރިހަމަކުރައްވާ ފަރާތްތަކަށް ކޮމިޝަނާއެކު އިޤްރާރު ކުރެވި، އަތޮޅުގައި ޓްރެއިނިންގ ހިންގާ ކޮންމެ ދުވަހަކަށް -/700 (ހަތްސަތޭކަ) ރުފިޔާގެ އުޖޫރައެއް ދެވޭނެ ކަމަށް އީސީއިންވަނީ ބުނެފައެވެ

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އީސީއިން ވަނީ އެދެމެވެ. މިގޮތުން މި ކޮމިޝަނަށް ފޮނުވާ އެޕްލިކޭޝަނާއި ލިޔުންތަށް ފޮނުވާނީ [email protected] އަށް ނުވަތަ ހުށައަޅާނީ ކޮމިޝަނުގެ ރިސެޕްޝަނަށެވެ. ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ އާއި ތަޢުލީމީ ފަންނުގެ މީހުންނަށް އިސްކަންދެވޭނެކަމަށް މި އިއުލާންގައިވަނީ ބުނެފައެވެ

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އިންތިޚާބަށް ތަމްރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމްރީނުކުރެވޭނެ ފެންވަރުހުރުމާއެކު މަސައްކަތާގުޅޭ ދާއިރާއިން ސެޓްފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޟިލުކޮށްފައިވުން ހިމެނެއެވެ. ނުވަތަ ކިޔަވައި ދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ވޭތުވެ ދިޔަ އިންތިޚާބުތަކުގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ

.