English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލެއަށް ދެ ދާއިރާ އިތުރު ކުރުން ފިޔަވައި އެހެން އެއްވެސް ދާއިރާއަކަށް ބަދަލު ނުގެންނަން އީސީ އިން ނިންމައިފިއެވެ

މިކަން އިއުލާން ކޮށް އީސީ އިން ކޮށްފައިވާ ޓުވިޓެއްގައި ބުނެފައިވަނީ މާލޭގެ ހެންވޭރު އަދި މައްޗަންގޯޅިއަށް އިތުރު ދެ ދާއިރާ އިތުރުކުރުން ފިޔަވައި ރާއްޖޭގެ އެއްވެސް އިންތިހާބީ ދާއިރާއަކަށް އަދި އިންތަކަކަށްވެސް ބަދަލު ނުގެންނަން ނިންމާފައިވާ ކަމަށެވެ. އީސީއިން މި ގޮތަށް ނިންމާފައިވާއިރު އައްޑޫ ސިޓީ މީދޫ އާއި މަރަދޫ ފޭދޫ ވަކިކޮށް އިތުރު ދާއިރާއެއް އުފެއްދުމަށް ސިޓީ ކައުންސިލުންވަނީ އީސީ އާއި އެކު މަޝްވަރާވެސް ކޮށްފައެވެ. އީސީގެ މި ނިންމުމާ ގުޅިގެން 2019 ވަނަ އަހަރު ބާއްވާ މަޖިލީސް އިންތިހާބުގައިވެސް އެ ދާއިރާ އޮންނާނީ ކުރިން އޮތްގޮތަށް މީދޫ މަރަދޫފޭދޫ ދާއިރާގެ ގޮތުގައެވެ

އަންނައަހަރުގެ މަޖިލީސް އިންތިހާބުގައި 87 މެމްބަރުން ހޮވުމަށް ހަމަޖެހިފައިވާއިރު މިހާރުވެސް މާލޭގެ އެކި ދާއިރާތަކަށް ޖުމްލަ 13 މެމްބަރުން ތިއްބަވައެވެ

މާލޭގެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން އެ މާލެ ތަމްސީލް ކުރައްވާ ބައެއް މެމްބަރުންނާ އެކު މީގެކުރިން އީސީ އިންވަނީ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ