English Edition
Dhivehi Edition

ޓެލެވިޒަން އެކްޓްރެސް ލޮވްލީން ސަސަން ގެ ކައިވެނި އަންނަ ފެބްރުއަރީ 10 ވަނަދުވަހު އޮންނާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ސްޓާޕްލަސް އިން ދެއްކި މަޝްހޫރް ޑްރާމާ “ސާތްނިބާނާ ސާތިޔާ” ގައި ފެނިގެން ދިޔަ(ޕަރީދީ) ލޮވްލީން ކައިވެނިކުރަނީ ބެންގަލޫރް ގެ މަޝްހޫރު ވިޔަފާރި ވެރިޔާ ކޯޝިކް ކްރިޝްނާމުރްތީ އާއެވެ. މިދެމީހުން ދިމާފެވައިވަނީ ލޮވްލީންގެ ދައްތަގެ ފަރާތުން ކަމަށް އިންޑިއާގެ ހަބަރުތައް ބުނެއެވެ.

ލޮވްލީން ސަސަން އާހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ، މިދެމީހުންގެ ކައިވެނީގެ ހަފްލާ އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ އަމްރިސްތާ ގައެވެ. ލޮވޭސަސަން އަކީ މަންޖާބަށް ނިސްބަތްވާ މީހަކަށް ވުމާއެކު އޭނާ ބޭނުންވަނީ ޕަންޖާބީ ސްޓައިލަށް ކައިވެނި ކުރުމަށް ކަމަށް އޭނާ ބުނެފައިވެއެވެ.

އުމުރުން 27 އަހަރުގެ ލޮވްލީން ބުނެފައިވަނީ ކައިވެންޏަށްފަހު އޭނަގެ ދިރިއުޅުން ބެންގަލޫރަށް ފިރިމީހާ ކައިރިށް ބަދަލު ކުރާނެކަމަށެވެ. ނަމަވެސް ފުރުސަތެއް ލިބިއްޖިއްޔާ އަދިވެސް ކެރިއަރ އާއިގެން ކުރިއަށް ދާނެކަމަށެވެ. “ސާތްނިބާނާ ސާތިއާ އަށް ފަހު އެހާ ރަނގަޅު ކަމުދާ ފުރުސަތެއް އަދި ނުލިބޭ، ނަމަވެސް ރަނގަޅު ފުރުސަތެއް ލިބިއްޖިއްޔާ މުމްބާއީއަށް ބަދަލުވާނަން މަސައްކަތް ކުރަން” ލޮވްލީން އިންޓަވިއުއެއްގައި ބުންޏެވެ.