English Edition
Dhivehi Edition

ކަލާސް އިން ދައްކާފައިވާ މަޝްހޫރު ޑްރާމާ ސަސުރަލް ސިމަރ ކާގެ ޗައިލްޑް އެކްޓަރ ޝިވްލެކް ސިންގް މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ އުމުރުން 14 އަހަރުގެ ޝިވް މަރުވެފައިވަނީ އިއްޔެ މެންދުރު އޭނަގެ އާއިލާ އާއެކު ކާރެއްގައި ދަނިކޮށް އެ ކާރު ލޮރީއެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައެވެ. އިއްޔެ މެނދުރު 3 ޖަހާކަންހާއިރު ހިނގި މި އެކްސިޑެންޓްގައި ޝިވް ވަގުތުން މަރުވެފައި ވާކަމަށް ހަބަރުތައް ބުނެއެވެ. އަދި އޭނަގެ މަންމަ އާއިބައްޕަގެ އިތުރުން ކާރުގައި އިން އެހެން މީހަކު ވަރަށް ބޮޑަށް ޒަހަމްވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާކަމަށްވެސް އިންޑިއަގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

މިހާދިސާ ތަހުގީގު ކުރާ ފުލުހުން ބުނެފައިވަނީ އިއްޔެ ހިނގި މި ނުރައްކާތެރި އެކްސިޑެންޓަށްފަހު ލޮރީ ދުއްވަން އިންމީހާ ފިލާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު ދަނީ އެމީހާހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އިންޑިއާގެ ފުލުހުން ހާމަކުރެއެވެ.

ޝިވްލެކް އަކީ އިންޑިއާގެ ޖަންގްޖިރ ޗަމްޕާ އަވަަށުގެ ކުއްޖެކެވެ. ޝިވްގެ އާއިލާ ވަނީ މީގެ 10 އަހަރު ކުރިން މުމްބާއީއަށް ބަދަލު ވެފައެވެ.

ޝިވް މަސައްކަތް ކޮށްފައިވާ ޓީވީ ޝޯވް ތަކަށްބަލާއިރު ސަސުރަލް ސިމަރކާ، ބާލް ވީރް، ސަންކަޓްމޮޗާން ހަނޫމާން، އަގްނިފެރާ އަދި ކޭސަރީ ނަންދަން ހިމެނެއެވެ. މީގެ އިތުރުން ބައެއް ރިއަލިޓީ ޝޯވް ތަކުގައި ޝިވް މަސައްކަތް ކޮށްފައި ވެއެވެ.