English Edition
Dhivehi Edition

މަޝްހޫރު ބޮލީވުޑްގެ ތަރި ރަންވީރް ސިންގ އާއި ދިޕިކާ ޕަޑްކޯންގެ ކައިވެންޏަކީ ގިނަ ބައެއްގެ ލޯ އެކަމަށް އަމާޒުވި ކައިވެންޏެކެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅުނު ހިސާބުން ފެށިގެން މިއަދާ ޖެހެންދެންވެސް އެ ދެތަރިންގެ ވާހަކައަކީ ކޮންމެ ދުވަހެއްގެވެސް ހަބަރުތަކުގެ ބަލަ ސުރުޙީތަކަށް އަރަމުން އަންނަވާހަކަތަކެވެ.

މިފަހަރު މިއޮތީ ކައިވެންޏަށްފަހު ރަންވީރު ދީޕިކާގެ ގޭގައި ދިރިއުޅެމުންދާ ވާހަކައެވެ. އިންޑިއާގެ ސަގާފަތުގައި އޮންނަ ގޮތުން ކައިވެންޏަށްފަހު އަންހެންކުއްޖާގެ ގެއަކަށްވަނީ ފިރިމީހާގެ ގެއެވެ. އެހެންނަމަވެސް ރަންވީރު މިވަނީ އެ ސަގާފަތް ބަދަލުކޮށް އަނެއްކާވެސް ގިނަ ބައެއްގެ ހިތްއަތުލާފައެވެ

‘ޓުޑޭ މެގަޒިން’އަށް ދިން އިންޓަވިއުއެއްގައި ރަންވީރު ބުނީ ދީޕިކާ އޭނާގެ ގޭގައި ދިރިއުޅެމުންދަނީ ވަރަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ކަމަށާއި ދިޕިކާގެ އުފަލަކީ އޭނާއަށް އެންމެ މުހިއްމު ކަންތައް ކަމުގައެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ދިޕިކާ އާއި އެކު އޭނާގެ ގޭގައި ދިރިއުޅެން ކަމަށް ރަންވީރު ބުންޏެވެ. “ކައިވެންޏަކީ ވަރަށް ބޮޑު ޒިންމާއެއް. އެހެންކަމުން އަހަރެން ބޭނުންވަނީ ދިޕިކާވެސް ހިތްހަމަޖެހޭ ގޮތަށް ހުރިހާކަމެއް ކުރިއަށް ގެންދަން.”ރަންވީރު ބުންޏެވެ.

މީގެ ކުރިން ރަންވީރު ދިން އިންޓަވިއުއެއްގައި ބުނީ ދީޕިކާ ވަނީ މާ ލަސްވަންދެން ގެއިން ބޭރުގައި އުޅުމާއި، ކޯލް މިސްވުން އަދި ނުކައި ގެއިން ނިކުތުން މަނާކޮށްފައި ކަމަށެވެ

ޓެގު