English Edition
Dhivehi Edition

މަޝްހޫރު ބޮލީވުޑް އެކްޓްރެސް ދިޕިކާ ޕަޑުކޯންގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝްގެ ގެއިން މަސްތުވާތަކެތި ފެނިގެން، އަނެއްކާވެސް އޭނާ އެންސީބީއަށް ހާޒިރުވާން އަންގައިފިއެވެ.

ސުޝާންތުގެ މަރާއެކު ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް އެ ތަރިންނާއި ސުވާލުކޮށްފައިވާއިރު މި މައްސަލައިގައި މީގެ ކުރިން ދިޕިކާ އާއި ކަރިޝްމާވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ލީކުވި ޑްރަގް ޗެޓު ލޮގްތަކާއި ގުޅިގެން ދީޕިކާ އާއި ފަސްގަޑިއިރު ވަންދެން ސުވާލުކޮށްފައިވާއިރު ދީޕިކާ ވަނީ މަސްތުވާތަކެތި ހޯދަން އޭނާގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝް އަށް މެސެޖްކުރިކަމަށް އެއްބަސްވެފައެވެ.

ހަގީގަތުގައިވެސް ދީޕިކާ މަސްތުވާތަކެތި ބޭނުންކުރޭތަ؟

މި ވާހަކަތައް އޮބިފައި އޮންނަތާ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް މަސްތުވާތަކެތީ އެހެން މައްސަލައެއްގައި ކަރިޝްމާ އެންސީބީއަށް ހާޒިރުވުމަށް މިވަނީ އަންގާފައެވެ، އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަސްތުވާތަކެތި ގެންގުޅެ އެތަކެތި މީސްމީހުންނަށް ފޯރުކޮށްދޭ ބަޔަކު އަތުލައިގަނެ އެމީހުންނާ ސުވާލުކުރުމުން ކަރިޝްމާގެ ނަން ހާމަކުރުމުން މިދިޔަ އަންގާރަދުވަހު މުމްބާއީގައި ކަރިޝްމާ ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު އެގެއިން ވަނީ މަސްތުވާތަކެތި ފެނިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އެގެ ބަލައި ފާސްކުރިއިރު ކަރިޝްމާ ވީތަނެއް ނޭނގޭ ކަމަށާއި، އޭނާއާ ފޯނުން ވެސް ގުޅޭ ގޮތް ނުވާތީ އޭގެ ދޮރުގައި ނޯޓިސްއެއް ތައްކޮށްފައިވާއިރު މި މައްސަލައާއި ގުޅިގެން އެންސީބީ ގެ ބަހެއް އަދި ލިބިފައިނުވެއެވެ. އަދި އެގެއިން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތިކަންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ

 

ޓެގު