English Edition
Dhivehi Edition

މަޖިލިހުގެ އަޣުލަބިއްޔަތު އެމްޑީޕީން ނަގަން ޖެހޭނެ ކަމީ އެއްވެސް ރައްޔިތަކަށް އޮޅިފައިވާ ކަމެއް ނޫން ކަމަށާއި އެ އަޣުލަބިއްޔަތު އެމްޑީޕީން ނަގާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕްރައިމަރީއަށް ފަހު މިހާރު ކުރިއަށް ގެންދާ ޚާއްޞަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ކާމިޔާބުވެވަޑައިނުގެންނެވި ކެމްޕެއިން ޓީމުތައް ވަރަށް އަވަހަށް ޓީމާ އަދި ނަޝީދާ ގުޅުއްވައި މަސައްކަތް ކުރައްވާނެ ކަމީ ޝައްކު ކުރާ ކަމެއް ނޫން ކަމަށެވެ.

“މަޖިލީހުގެ އަޣުލަބިއްތު އެމްޑީޕީ އިން ނަގާނަން. މިކެންޑިޑޭޓުންނާއި އެކު އެމްޑީޕީ ހުރިހާ މެންބަރުން މަސައްކަތް ކުރައްވަން ވާނެ. ހާއްސަ ގޮތެއްގައި ނާކާމިޔާބުވި ކެންޑިޑޭޓުންގެ ކެމްޕޭން ޓީމްތަކުން ހޮވުނު ކެންޑިޑޭޓުންނާއި އެކު މަސައްކަތް ކުރައްވަން ވާނެ” ނަޝީދު ވިދާޅުވިއެވެ.