English Edition
Dhivehi Edition

“ޕްލާންޓިންގ” ގެ ނަމުގައި ގަސް އަދި މާ ވިއްކާ ފިހާރައެއް އައްޑޫ ސިޓީ މީދޫ ގައި ހުޅުވައިފިއެވެ.

18 ޖަނަވަރީ ގައި ހުޅުވި މިފިހާރައިގައި ތަފާތު 14 ވައްތަރެއްގެ މާގަސް ލިބެންހުންނާނެ ކަމަށް ފިހާރައިގެ ވެރިފަރާތުން މައުލޫމާތު ދެއްވައެވެ. މާގަހުގެ އިތުރުން ގަހަށް ބޭނުންވާ ތަފާތު ތިން ވައްތަރެއްގެ ބޭސް ވެސްލިބެން ހުންނާނެ ކަމަށް ފިހާރައިގެ ވެރިފަރާތުން މައުލޫމާތު ދެއްވައެވެ. ބޭހުގެ ބާވަތް ތަކުގެތެރެއިން މިވަގުުތު ލިބެން ހުރީ މޫގިނަކުރާ، ބޭސް، މާއަޅުވާބޭސް އަދި އޯކިޑް ގަހަށް ހާއްސަބޭހެކެވެ.

ޕްލާންޓިންގ ފިހާރައިގެ އިސްފަރާތަކުން އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިވަގުތު ރާއްޖޭގެ މާހައުލާއި ގުޅޭ ގަސްތަ ކާއި މާ އަދި ބޭސް ގެނެސް ވިއްކަމުން ދިޔަނަމަވެސް ގާޑަނަކަށް ބޭނުންވާނެ ތަފާތު އެހެނިހެން ތަކެތިވެސް ކުރިއަށް އޮތްތާގައި ގެނެސްދެވޭނެ ކަމަށެވެ.

މީދޫ ހުރަސްމަގުގައި ހުންނަ އެމްޑީޕީ ޖަގަހަ އާޖެހިގެން ހުންނަ މިފިހާރަ ހުޅުވިފައި ހުންނާނެ ގަޑިތަކަކީ ހަވީރު 16:00 އިން17:30 އަށް އަދި ރޭގަނޑު 8:30 އިން10:00 އަށެވެ.

އައްޑޫސިޓީ މީދޫގެ ރައްޔިތުންފާހަނގަ ކުރެވިފައި ވަނީ ބަގީޗާގައި ރީތި މާގަސް އިންދުމަށް ލޯބިކުރާ ބައެއްގެ ގޮތުގައެވެ. އެހެންކަމުން ޕްލާންޓިންގ ފިހާރައިގެ އިސްފަރާތުން ވިދާޅުވީ މީދޫ މީހުންނަށް ފަސޭހަކަމާއެކު މާގަސް ހެއްދުމުގެ މަގުތަނަވަސް ކޮށްދިނުމުގެ ގޮތުން މި ވިޔަފާރި މީދޫގައި ފެށީކަމަށެވެ.

ޕްލާންޓިންގ ގެނަމުގައި މާގަސް ވިއްކުމަށް ހުޅުވި މިފިހާރައަކީ މީދޫގައި ގަސްވިއްކުމަށް ހާއްސަކޮށް، އަލަށް ހުޅުވި ފިހާރައެއްކަން ފާހަނގަކޮށްލެވެއެވެ.