English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ ޓިކެޓް، ޤާނޫނީ ވަކީލާ ހިސާން ހުސައިން ފިރިކަލުން އިބްރާހިމް ނާޒިލް ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕްރައިމަރީ ނާޒިލް ކާމިޔާބު ކުރެއްވެވި އިރު ހިސާން ވަނީ ތުޅާދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވަވާފައެވެ. ވާދަވެރިކަމާއެކު ކުރިއަށް ދިޔަ މި ދާއިރާގެ އިންތިޚާބުގައި މިހާރުގެ މެމްބަރު އަލީ ނިޒާރުވެސް ވަނީ ވާދަކުރައްވަވާފައެވެ.

ނާޒިލް އަކީ އެމްޑީޕީގެ އިސް ސަފުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަވަމުން ގެންދަވާ އަދި އެމްޑީޕީގެ އައްޑޫ ރައީސް ގެ މަގާމު ވެސް އަދާކުރައްވަވާ ބޭފުޅާއެވެ.