English Edition
Dhivehi Edition

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީގައި މައްޗަން ގޮޅީ މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ.

ޕްރައިމަރީގައި ނަޝީދު 267 ވޯޓު ނަޝީދު ހޯއްދެވިއިރު އެމަނިކުފާނާ ވާދަކުރެއްވި އާޝިޔަތު އަލައިކާ އަދުނާނަށް ލިބިވަޑައިގަތީ 52 ވޯޓެވެ.

މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ރާއްޖޭގެ އިތުރުން، އިންޑިއާ އާއި ސްރީ ލަންކާ އާއި މެލޭޝިއާގައި ވޯޓުލުން ކުރިއަށް ގެންދިޔަ އިރު، މިހާތަނަށް އައިއިރު، ބައެއް ވޯޓު ފޮށިތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ވޯޓު ގުނައި ނިމޭ މިންވަރަކުން އަންނަނީ ވޯޓުގެ ނަތީޖާ އަންނަނީ އާންމު ކުރަމުންނެވެ