English Edition
Dhivehi Edition

ކޮންމެ ދެމަފިރިޔަކުވެސް ޒަވާޖީ ހަޔާތެއް ފައްޓަނީ ވަރަށް ފޮނި އުންމީދު ތަކަކާއި އެއްކޮށެވެ. ކުރިޔަށް ވިސްނާ މުސްތަގުބަލް އުޖާލާކުރަން ވަރަށް ގިނަ ރޭވުންތައް ރާވައެވެ. ކައިވެންޏަށް ފަހު އެތައް އަހަރެއް ފަހުން ދަރިންލިބޭ ހިސާބުން ދެމަފިރީންގެ ދޭތެރޭގައި ޖެހޭ މައްސަލަޔަކުން ވަރިޔާ ހިސާބަށް ދެއެވެ. މީގެ އެންމެ ބޮޑު ގެއްލުމެއް ލިބެނީ ދަރިންނަށެވެ. ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ދެމަފިރީން ރޫޅިފައިވާ ދަރިންނަށް މިކަމުގެ އަސަރު ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރެއެވެ.

ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ދިރާސާކުރާ ފަރާތްތަކުން 2000 ވަނައަހަރާއި 2002 ވަނަ އަހަރާ ދެމެދު އުފަންވި 6,245 ކުދިން ބައިވެރިކޮށްގެން ހެދި ދިރާސާ ދައްކާ ގޮތުގައި ވަރީގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރަނީ 3 އަހަރާއި 4 އަހަރާއި 5 އަހަރާއި 7 އަހަރާއި 11 އަހަރު އަދި 14 އަހަރުގެ ކުދިންނަށެވެ.

މިއީ ފުރަތަމަ ފަހަރަށް ބްރިޓިޝްގަސި ވަރިއާއި ސިކުޑީގެ ދުޅަހެޔޮކަމާއި ގުޅުންހުރި މިންވަރު ބެލުމަށް ކުރެވުނު ދިރާސާއެވެ.މި ދިރާސާ ވަނީ ޖާނަލް ސޯޝިއަލް ސައިންސް އެންޑް މެޑިސިންގަސި ޝާއިރު ކޮށްފައެވެ.

މި ދިރާސާތަކުން ފާހަނގަވި ކަމަކީ ކޮންމެ ފަހަކުން އެކަކީ ވަރީގެ ތަޖުރިބާ ކޮށްފައިވާ މީހެކެވެ.ވަރިވެފައި ތިބޭ މީހުންގެ ކުދިން ނަފްސާނީ މައްސަލަތައް ޖެހުމުގެ 16 އިންސައްތަ ފުރުސަތު ބޮޑުވެފައި މިކުދީން ޖިސްމާނީ މައްސަލަތައް ޖެހުމުގެ 8 އިންސައްތަ ވާކަމަށް މި ދިރާސާއިން ދައްކައެވެ.މިއީ އެންޒައިޓީ އާއި މާ ހަލަނިކޮށް ތިބޭ ކުދީންގެ ވާހަކައެވެ.އަދި ދިރިއުޅުމުގައި މިކުދީން ވަރަށް ޚަރަކާތްތެރި ވާނެއެވެ.

މި ދިރާސާހެދުމުގައި އިސްކޮށް އުޅުއްވި ޕްރޮފިސަރެއް ކަމަށްވާ އެމްލާ ފިޓްޒްސްޒިމޯންސް ބުނީ އުމުރުން ދޮށީ ކުދީންނަށް ސްޓްރެސް ވުމާއި އަހުލާގީ ބަދަލުތައް އަންނަނީ އެކުދީންނަށް ކަންކަން އެނގި ތަސައްރަފު ފުރޭ އުމުރުފުރާގައި އެކުދީންގެ މައިންބަފައިން ވަރި ކުރާތީ ކަމަށެވެ.