English Edition
Dhivehi Edition

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ތަމްސީލުކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

އެމްޑީޕީ ބުނީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިއަދު 2:30 އިން މިރޭ 8:30 އަށް ކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ އިތުރަށް އިންޑިއާގެ ޓްރިވެންޑްރަމާއި، ސްރީލަންކާއާއި، މެލޭޝިޔާގައި ވެސް އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނެ ކަމަށް އެޕާޓީން ބުނެއެވެ.

މެލޭޝިޔާ ފިޔަވައި އެހެން ހުރިހާ ތަނެއްގައިވެސް ވޯޓުލުން ކުރިއަށްދާނީ މިއަދު 2:30 އިން މިރޭ 8:30 އަށެވެ. އެމްޑީޕީން ބުނީ ރާއްޖެ ގަޑިއާ އެގައުމުގެ ގަޑީގައި 3 ގަޑިއިރުގެ ތަފާތެއް އުޅޭތީ މެލޭޝިޔާގައި ދިރިއުޅޭ އެޕާޓީގެ މެންބަރުންގެ އެދުމުގެ މަތިން މެލޭޝިޔާގައި ވޯޓުލާނީ މެލޭޝިޔާ ގަޑިން 2:30 އިން ރޭގަނޑު 8:30 އަށް ކަމަށެވެ.

އެމްޑީޕީ ޕްރައިމަރީގައި ޖުމްލަ 270 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. 86091 މީހުނަށް ވޯޓު ދިނުމުގެ ފުރުސަތު ލިބިފައިވާއިރު ޖުމުލަ 77 ދާއިރާއަކުން 279 ކެންޑިޑޭޓުން ވާދަކުރެއެވެ.