English Edition
Dhivehi Edition

އަލިފާން ބޭނުންކޮށްގެން އިންޑިޔާގެ ދަނޑުވެރިންތަކެއް އެތް ތަކަކަށް ހަމަލާދީފިއެވެ. އެއްތަކަށް މިގޮތަށް ރަހުމުކުޑަކޮށް ހަމަލާދިނީ އެތް ތައް ދަނޑުވެރީންގެ ދަނޑުތައް ހަލާކު ކުރީމާ ކަމަށް އޭމީހުން ބުނެއެވެ.

ސޯޝަލް މީޑިޔާގައި އާންމުވި ފޯޓޯތަކުން ފެންނަ ގޮތުގައި މަގުމަތިން ހުރަސްކުރަމުންދިޔަ ދެ އެތައް ބަޔަކު ހަމަލާ ދޭތަން ފެނެއެވެ.މިގޮތުން އާންމުވި ފޮޓޯއިން ފެންނަނީ ބޮޑު އެތަކާއި އޭތީގެ ދަރިއެވެ.އަދި ބަޔަކު އަލިފާން ބޭނުން ކޮށްގެން ހަދާފައިވާ ބޯޅަތަކެއް އެ އެއްޗެއްސާ ދިމާއަށް އުކާތަން ފެނެއެވެ.

މި ނާތަހުޒީބީ އަމަލު ޖަނަވާރުންނާއި ދޭތެރޭ ހިންގާފައިވަނީ އިންޑިޔާގެ ބިޝްނުޕޫރް އަވަޝުގެ ދަނޑުވެރިން ތަކެކެވެ.އިންޑިޔާގެ އެކި ސަރަހައްދުގައި މިހާރު އަލަށް މީހުން އާބަދު ވަމުންދާއިރު ޖަންގަލިތައްވެސް މީހުން ދިރިއުޅުމަށްޓަކައި ދަނީ ކޮށާ ސުންނާފަތިކުރަމުންނެވެ.މި ޖަންގަލިތަކަކީ އެތައް ހާހެއްހާ ޖަނަވާރު ތަކުގެ ބޯހިޔަލަށް ވާއިރު އެތަކެތި ދާންޖެހެނީ ކޮންމެ ފަހަރަކުވެސް މިކަހަލަ ހާލަތެއްގައި އެއް ސަރަހައްދުން އަނެއް ސަރަހައްދަށް އަމާންކަން ހޯދުމަށެވެ.

މި ފޮޓޯ ނެގި ބިޕްލަބް ހަޒްރާ ބުނީ މިއީ ވަރަށް ލާއިންސާނީ އަމަލެއް ކަމަށެވެ.މި ޖަނަވާރު ތަކަކީ ދުނިޔެއިން ހުސްވާން ކައިރިވެފައިވާ އެއްޗިއްސަށް ވުމުން މިކަންތައްތައް ހުއްޓުވަން ކޮންމެހެންވެސް ޖެހެއެވެ.މި ޖަނަވާރުތައް އެއްކޮށް ހުސްވުމުން އަލުން މި އެއްޗިއްސެއް ދުނިޔެއަކަށް ނުގެނެވޭނެއެވެ.