English Edition
Dhivehi Edition

‘ޕެބުލްސް އިން ވެޓްރަންސް ކަޕް 2019’ ގެ ނަމުގައި މިހާރު ހިތަދޫގައި ކުރިއަށް ދާ މުބާރާތުގެ ފުރަތަމަ މެޗާއި އެކު މުބާރާތުގެ ފޯރި ގަދަވެއްޖެއެވެ.

ރޭ 20:30 ގައި ހިތަދޫ މަނިކު ބޯޅަ ދަނޑުގައި ފެށި މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރީ އެފްސީ ރިވަލްސް އާއި ނެޒުސް ޓީމެވެ. އެގޮތުން 02 ލަނޑު 06 ލަނޑުން އެމެޗް ކާމިޔާބު ކޮށްފައި ވަނީ ނެޒުސް ޓީމެވެ. ދެވަނަ މެޗްގައި މަރަދޫ އެފްސީ އާއި ފޭދޫ ހަބޭސް ބައްދަލަކޮށް 01 ލަނޑު 04 ލަނޑުއިން ކާމިޔާބު ކޮށްފައި ވަނީ ފޭދޫ ހަބޭސް ޓީމެވެ. މި ދެމެޗްގެ ތެރެއިން ފުރަތަމަ މެޗްގެ މެއިން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ނެޒުސް ޓީމްގެ ޖާޒީ ނަންބަރ 13 އަޙްމަދު ޝިފާއު އެވެ. އަދި ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޭދޫ ހަބޭސް ޓީމްގެ ޖާޒީ ނަންބަރ 8 މުޙައްމަދު ޝަރީފެވެ.

ރޭގެ ދެމެޗް ވެސް ޝަރަފްވެރިކޮށްދެއްވީ ހިތަދޫ މެދުދާއިރާގެ މަޖިލީސް މެމްބަރ އިބްރާހީމްދީދީ އެވެ.

މިމުބާރާތުގެ މެޗެއް ދެން އޮންނާނީ މިރޭ 20:30 ގައެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ޕެބުލްސް އިން އެވެ. އަދި މީޑިޔާ ޕާރޓްނަރ އަކީ އޭއޯ ނިއުސް އެވެ.