English Edition
Dhivehi Edition

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ޗުއްޓީހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކު ސްނޯކްލިންގ އަށް ގޮސްއުޅެނިކޮށް މަރުވެއްޖެއެވެ.

66 ހައަރުގެ އަންހެންމީހާ ސްނޯކްލިންގ އަށް ގޮސްއުޅެނިކޮށް، ގެނބިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވީ މީގެ އިރުކޮޅެއްކުރިންނެވެ.

ފުލުހުން ބުނީ އެއަންހެން މީހާ ގެނބިފައިވަނީ މިއަދު ހަވީރު 17:00 ހާއިރުއެވެ.

ކ.މާފުށީގައިވެސް މިދިޔަހަފްތާގައި ދެ ފަތުރުވެރިޔަކުވަނީ ގެނބިގެން މަރުވެފައެވެ. ކ. ދިއްފުށީގައި ހަނީމޫން ހޭދަކުރުމަށް އައިސް އުޅެނިކޮށް މަރުވެފައިވަނީ ޕިލިޕީންސްގެ ލިއޮމާ އަދި އެރިކާ އެވެ. މިދެމަފިިރިން ވެސް މަރުވެފައިވަނީ ސްނޯކްލިންގ އަށް ގޮސް އުޅެނިކޮށެވެ.