English Edition
Dhivehi Edition

ކުރީގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ނަވާޒު ޖުމްޙޫރީ ޕާޓީ އާއި ގުޅިވަޑައިގެންފިއެވެ.

ފުލުހުންގެ ޙިދުމަތުގައި 28 އަހަރު ހޭދަކުރެއްވުމަށްފަހު ނަވާޒު ، ރޭ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމަށްފަހު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ޓިކެޓް ލިބިއްޖެނަމަ މަޖިލީހަށް ކުރިމަތި ލައްވާނެކަމަށެވެ. އެގޮތުން އޭނާ ވާދަކުރައްވާނީ ގަލޮޅު ދެކުނު ދާއިރާ އަށް ކަމަށް ވެސް ހާމަކޮށްފައި ވެއެވެ.

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީސް އިންތިހާބުގައި ނަވާޒު ވާދަ ކުރައްވާނެކަމަށް ބެލެވޭއިރު އޭނާއަކީ މިސަރުކާރު އައުމާއި އެކު ފުލުހުންގެ ޚިދުމަތުން ދުރުކުރައްވާފައިވާ ބޭކަލެކެވެ. އަދި އެއަށްފަހު އެންވަޔަރމެންޓް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރުކަން ހަވާލުކުރައްވާފައި ވެއެވެ.

ނަވާޒު އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމާ ހަވާލުވީ ރައީސް ޔާމީންގެ ސަރުކާރުގައި ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރުމަށް އޭރުގެ ކޮމިޝަނަރ އަޙްމަދު އަރީފް ވިދާޅުވުމާއި ގުޅިގެން އޭނާ މަޤާމުން ދުރުކުރެއްވުމަށް ފަހުގައެވެ. އަދި ނަވާޒު އެމަޤާމުގައި ހުންނަވައިގެން ޤާނޫނާއި ޚލާފް ގިނަ ކަންތައްތަކެއް ކުރެއްވިކަމުގެ ތުހުމަތު ކުރެވިފައިވެއެވެ.