English Edition
Dhivehi Edition

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް މަރުވި ދެމަފިރިންގެ ހަށިގަނޑު ދިވެހި ސަރުކާރުގެ ޚަރަދުގައި ޕިލިޕިންސަށް ރޭގެ ވަގުތެއްގައި ފޮނުވައިފިއެވެ.

މީގެ ކުރިން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޚަރަދުތައް ކުރުމަށް ޕިލިޕިންސްގެ ސަރުކާރުން ތައްޔާރު ވަމުން ދިޔަކަމަށް އެޤައުމުގެ ފޮރިން މިނިސްޓަރ މީޑިއާގައި ހާމަކޮށްފައި ވެއެވެ. ނަމަވެސް ފަހުން ދިވެހި ސަރުކާރުން ވަނީ އެހުރިހާ ޙަރަދެއް ދިވެހި ސަރުކާރުން ކުރާ ގޮތަށް ނިންމާފައެވެ. އެގޮތުން ގާތްގަނޑަކަށް 23000 ޑޮލަރު އެކަމަށް ޚަރަދު ވާނެކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މަޢުލޫމާތު ދީފައި ވެއެވެ.

ކ.ދިއްފުށީގައި ހަނީމޫން ހޭދަ ކުރަމުން ދަނިކޮށް މަރުވި މި ދެ ފަތުރުވެރިން ބުނެފައިވާ ގޮތުގައި ރާއްޖެއަކީ އެމީހުން އެންމެ ދާން ބޭނުންވި ޤައުމެވެ. އެދެމީހުން މަރުވެފައިވަނީ ސްނޯކްލިންގ ކުރުމަށް މޫދަށް އެރިގެން އުޅެނިކޮށެވެ.

މަރުވި ދެ ފަތުރުވެރިންގެ ހަށިގަނޑު ޕިލިޕިންސް އަށް ފޮނުވާފައިވަނީ އާއިލާއިން އެހަށިތައް އެޤައުމަށް ގެންދިޔުމަށް ހޭދަވާ ފައިސާ ހޯދުމަށް ކެމްޕޭނެއް ފަށައިފައި ވަނިކޮށެވެ.