English Edition
Dhivehi Edition

ގއ. ކަނޑުހުޅުދޫއަށް ނިސްބަތްވާ އަންހެނަކާއި ފުއައްމުލަކަށް ނިސްބަތްވާ ފިރިހެނެއްގެ ތިން އަހަރުގެ ދަރިފުޅު ގޮވައިގެން އެކުއްޖާގެ ބައްޕަ ފިލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ގއ. ކަނޑުހުޅުދޫ ރަށު ކައުންސިލުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ގއ.ކަނޑުހުޅުދޫ ކައުންސިލުގެ މެންބަރަކު އޮންލައިން ނޫސް “ވަގުތު” އަށް ވިދާޅުވީ ފުލުހުންނަށް ރިޕޯޓު ކުރުމުން އެކަން ބަލަމުންދާކަމަށާއި، މިހާދިސާގައި ބައްޕައަކު ގެންދިޔައީ ފިރިހެން ކުއްޖެއް ކަމަށް ކައުންސިލާ ހަވާލާދީ އޮންލައިން ނޫސް ވަގުތުގައި ރިޕޯޓްކޮށްފައި ވެއެވެ.

ކައުންސިލް މެންބަރު އިތުރަށް ވިދާޅުވީ ދަރިފުޅު ގޮވައިގެން ބައްޕަ ފިލާފައިވަނީ މިއަދު ހަވީރު 05:00 އާއި 05:30 ދޭތެރޭގައިކަމަށެވެ. ތިންއަހަރުގެ މި ކުއްޖާ ގޮވައިގެން މި ކުއްޖާގެ ބައްޕަ ފިލިއިރު މި ކުއްޖާ ހުރީ އޭނާގެ މަންމަގެ ރަށް ގއ.ކަނޑުހުޅުދޫގައެވެ.