English Edition
Dhivehi Edition

އިންޑިޔާ އަކީ ނިސްބަތުން ބޮޑު ޤައުމެކެވެ. އެހާމެ ވަރުގަދަ ސަޤާފަތަކާއި، އާދަކާދަތަކެއް ލިބިފައިވާ މުއްސަނދި ގަޢުމެކެވެ. އެޤައުމުގެ ފަތުރުވެރިކަން ވެސްދަނީ ކުރިއަރަމުންނެވެ. އެހެންކަމުން އެޤައުމަށް ޒިޔާރަށް ކުރާ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް ދަނީ އިތުރު ވަމުންނެވެ. ނަމަވެސް އުފެދޭ ސުވާލަކީ އިންޑިޔާއަށް ދިޔުމަށް އެންމެ ރަނގަޅީ ކޮން ދުވަސްވަރެއްގައި ތޯ އެވެ.

އިންޑިޔާ އަކީ އެޤައުމުގެ ކޮންމެ ސަރަޙައްދަކަށް ކަނޑައެޅިފައިވާ ވަކި މޫސުމްތަކެއް އޮންނަ ތަނެއް ނޫނެވެ. އެޤައުމު އުފެދިފައިވާ ގޮތުންނާއި، ފަރުބަދަތަކާއި ހަނަފަސް ސަރަހާތަކާއި، ބަހާލެވިފައިވާ ޖަޒީރާ ތަކާއި ގޮނޑުދޮށްތަކުގެ ސަބަބުން ނެވެ. އެހެންކަމުން މޫސުމަށް ބަލާއިރު އެޤައުމަށް ދަތުރު ކުރާ މީހަކީ އެވަގުތުގެ މޫސުމް ކަނޑައަޅާ މީހާއެވެ. މީގެ މާނައަކީ ފިނިހޫނުމިންވަރު ކަނޑައަޅާނީ އެމީހަކު އަމިއްލައަށެވެ. އެމީހަކު އުޅެފައި އަންނަ ތަނެއްގެ ސަބަބުން އިންޑިއާ އަކީ ހޫނު ތަނެކޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. ބައެއް ސަރަޙައްދުތަކުގެ ހޫނުމިން 25 ޑްގްރީއާއި 27 ޑްގްރީ ސެލްސިއަސް ގައި ހުރުމުން އެއީ ވަރަށް ހޫނު ގަދަވީކަމަށް އެއްބަޔަކަށް ހީވެދާނެއެވެ.

ފަރުބަދަ މަތީ ސަރަޙައްދަށް ދަތުރު ކުރަން ބޭނުންމީހަކަށް މޭއި އިން އޯގަސްޓް މަހާއި ހަމައަށް އެއީ ރަނގަޅު ދުވަސްވަރެކެވެ. އެއީ ބަހާރު މޫސުމެވެ. ސަބަބަކީ ސްނޯ އިން ގިނަ ފަރުބަދަތައް ސާފުވެފައި ހުރުމުންނާއި، އިތުރު އުނދަގުލަކާއި ނުލާ ގިނަ ތަންތަން ބަލާލެވޭނެތީ އެވެ. އެހެންނަމަވެސް އިންޑިޔާގެ މެދުތެރެއާއި، ދެކުނު އިންޑިޔާއަށް ދާނަމަ ބަހާރު މޫސުމަކީ އެންމެ ރަނގަޅު ދުވަސްވަރަށް ނުވެދާނެއެވެ. ސަބަބަކީ އެތަނުގެ ހޫނު މިން އެއިރު ހުންނާނީ 40 ނުވަތަ 45 ޑްގްރީ ސެލްސިއަސް ގައެވެ. އެހެންކަމުން އެސަރަޙައްދަށް ދާނަމަ ޖުލައި އިން ސެޕްޓެމްބަރ ގެ ދުވަސްތަކަށް ތާވަލް ކުރެވިދާނެއެވެ.

ވިއްސާރައިގައި ނުޖެހި ދަތުރު ނިއްމާލަން ބޭނުންނަމަ ސެޕްޓެމްބަރގައި އިންޑިޔާގެ ދެކުނަށް ދިޔުން ރަނގަޅެއް ނޫނެވެ. އެއީ ބޯކޮށް ވާރޭ ވެހޭނެ ދުވަސް ވަރެކެވެ. އެހެންނަމަވެސް އޭގެ ފަހުން މޫސުމް ރަނގަޅުވާނެއެވެ. އެހެންކަމުން މުޅި އިންޑިޔާ އެކުގައި ބަލާލަން ބޭނުންނަމަ ޑިސެމްބަރ މަހަކީ އެންމެ އެކަށީގެންވާ ދުވަސްވަރެވެ.

އިންޑިޔާގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ކުރިއަރަމުންދާއިރު އެޤައުމަށް ދަތުރު ކުރާ މީހުންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. އެހެންކަމުން ދުރާލާ ދަތުރު ޕްލޭންކޮށް ބުކިންގ ހެދުން ބުއްދިވެރި އެވެ. އަދި ދަތުރަށް ތައްޔާރު ވުމުގެ ކުރިން އެންމެ ފަހުގެ މޫސުމް ބަލާލުމަކީ ރައްކާތެރިކަމުގެ ފިޔަވަޅަކަށް ވާނެއެވެ.